ކޯނީގެ ރިޕޯޓްގައި ކުރުމަށް އިރުޝާދުދެއްވާފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ މަސައްކަތްތަކުގައި މި ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕުން ވެލެއްވި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވުމަށް ގައުމީ މަޖިލީހުން މަޝްވަރާ އަރުވައިފި

ކޯނީގެ ރިޕޯޓްގައި ކުރުމަށް އިރުޝާދުދެއްވާފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ މަސައްކަތްތަކުގައި މި ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕުން ވެލެއްވި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވުމަށް ގައުމީ މަޖިލީހުން މަޝްވަރާ އަރުވައިފި ޤަރާރެއް ފާސްކުރައްވައިފިއެވެ.

މިކަމަށް އިރުޝާދު ދެއްވައި މިރޭ ބޭއްވި ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކުރެއްވި ޤަރާރްގައި ވަނީ،
” ދިވެހި ރާއްޖެ އަށް ހަމަޖެހުން ގެނައުމަށްޓަކާ ކޯނީގެ ރިޕޯޓްގައި ތަފާތު ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފައިވެއެވެ. އެރިޕޯރޓްގައި އިރުޝާދު ދެއްވައި ފާހަގަ ކުރައްވާފައިވާ ކަންކަން އެއީ މިރާއްޖެއަށް ހަމަޖެހުން ގެނައުމަށް ސަރުކާރުން ކުރައްވައި ތަންފީޒުކުރެއްވުމަށް މިވަގުތަށް އެންމެ މުހިންމު ކަންކަން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން ދެކެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެކިދާއިރާއިން މެމްބަރުން އިންތިޚާބުކުރެއްވި ދިވެހި ރައްޔިތުންގެ އެދިލެއްވުމަކީ ގައުމަށް އަހައްމިއްޔަތުކަން ބޮޑު ކަން ކަން އިސްކުރައްވައިގެން މަސައްކަތް ކޮށްދެއްވުން ކަމުގައިވާ ހިނދު، ކޯނީގެ ރިޕޯޓްގައި ކުރުމަށް އިރުޝާދުދެއްވާފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ މަސައްކަތްތަކުގައި މި ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕުން ވެލެއްވި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާ އަރުވައެވެ.

ކޯނީ ގެ ރިޕޯޓް ގައި އިރުޝާދު ދެއްވާފައިވާ ކަންކަން ހާޞިލްކުރެއްވުމަށް މަސައްކަތް ނުކުރައްވައި އެހެން އެއްވެސް މަސައްކަތެއް ކުރެއްވުމަކީ ރައްޔިތުންނަށް ކުރެއްވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެތީ، އެކަންކަން ކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކުރެއްވުމުން ނޫނީ، 2013 ވަނަ އަހަރަށް ހުށަހެޅޭ ބަޖެޓް ގެ މަސައްކަތްތަކުގައި ފިޔަވައި އެ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއްގައި މި ޕާޓީގެ ޕާލިމެންޓަރީ ގުރޫޕް ގެ އެއްވެސް މެމްބަރަކު ބައިވެރިވެ ނުލެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލިހުން މި ޕާޓީ ގެ ޕާލިމެންޓަރީ ގުރޫޕަށް މަޝްވަރާ އަރުވައެވެ.

ކޯނީގެ ރިޕޯޓާއި ގުޅުން ހުރި ސިޔާސީ ޕާޓީ ތަކާއެކު ސަރުކާރުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވައި، އަދި ފަހުން “ލީޑަރސް ޑައިލޮގް” ގެ ނަމުގައި ކުރިއަށް ގެންދަވާ ވާހަކަތަކުގައި މި ޕާޓީ އިން ބައިވެރިވުން އަދި އިހަށް ފަސްކޮށްލުމަށް މި ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމަވާފައި ވަނީވެސް، ކޯނީގެ ރިޕޯޓްގައި އިރުޝާދުދެއްވާފައިވާ ކަންކަން ހާޞިލްކުރެއްވުމުގެ މަސައްކަތްތަކަށް އިސްކަން ދެއްވުމަށް ކަމުގައި ފާހަގަކުރެވޭތީ، އެ ނިންމެވުމަށް މި މަޖިލީހުން ތާއީދުކުރަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިޤުރާރުވާ ކަމަށެވެ.” މިފަދައިންނެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް