“ލީޑާރސް ޑައިލޮގް”ގެ ނަމުގައި މިހާރު ކުރިޔަށް ގެންދާ ޕާޓީތަކުގެ މަޝްވަރާތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބައިވެރިވަމުން ގެންދިއުން މި ވަގުތަށް މަޑުޖައްސާލުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިގޮތަށް ނިންމާފައި ވަނީ، އެއްވެސް ހާލެއްގައި އެމްޑީޕީން މި މަޝްވަރާތަކުގައި ބައިވެރި ނުވުމުގެ ބޭނުމެއްގައި ނޫން ކަމަށާއި، އެމްޑީޕީ އަކީ އަބަދުވެސް މަޝްވަރާގެ އުސޫލުތަކަށް ތާއީދުކޮށް މަރުހަބާ ކިޔާނޭ ޕާޓީއެއް ކަމަށް ވެސް އެމްޑީޕީން މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ 125 ވަނަ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.