ފެބްރުއަރީ 8 ގެ ހާދިސާ އާއި ގުޅިގެން ދައުވާކުރާ އައްޑޫސިޓީގެ މީހުންގެ މިއަދުގެ ޝަރީޢަތް ކެންސަލްކޮށްފި

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރާ 15 މީހުންގެ ޝަރީއަތް މިއަދުގެ ޝަރީޢަތް ކެންސަލްކުރުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ގާނޫނީ ޓީމުގެ މެންބަރު އަބްދުﷲ ހަސީން ވިދާޅުވީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށް މި މަހުގެ 13 ވަނަ ދުވަހު އެފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޝަރީއަތް ލަސްވަމުން ދިއުމުގެ ސަބަބުންނާއި، އެފަރާތްތަކަށް މާލޭގައި ތިބުމާއި ކެއުމުގެ ޚަރަދަށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ބޯނަސް ވެސް ލިބެނީ ވަރަށް މަދު މީހަކަށް ކަމަށެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މާލެ ގެނެސް ދައުވާކުރާ އެމްޑީޕީގެ މެންބަރުން ހައްޔަރުކޮށްފައިވަނީ އައްޑޫ ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ހަސީން ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީން މާލެ ގެނެސް މާލޭގައި އެމްޑީޕީގެ މެންބަރުންނާ ދެކޮޅަށް ދައުވާކުރާއިރު، އެމީހުންނާ ދެކޮޅަށް ހެކިބަސްދޭ މީހުންގެ ތެރޭގައި އެންމެ މީހަކު ފިޔަވައި ދެންތިބީ ކޮންބައެއް ކަމެއް ވެސް ނޭނގޭ ކަމަށް އެމީހުން ބުނާ ކަމަށް ހަސީން ވިދާޅުވިއެވެ.