އެމްޑީޕީން އިންސާފަށް ހިނގާލާ ހިނގާލުން މާދަމާ ހަވީރު 4 ޖަހާއިރު އުސްފަސްގަނޑުން ފެށޭނެ އަދި ޖަލްސާ މިރޭ 9 ޖަހާއިރު އުސްފަސްގަނޑުގައި އޮންނާނެ

އެމްޑީޕީން އިންސާފަށް ހިނގާލާ ހިނގާލުން މާދަމާ ހަވީރު 4 ޖަހާއިރު އުސްފަސްގަނޑުން ފެށޭނެއެވެ. އަދި އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާ މިރޭ 9 ޖަހާއިރު އުސްފަސްގަނޑުގައި އޮންނާނެ އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ވާހަކަދައްކަވާނެއެވެ.

މިރޭ 9.30 ގައި ފެށޭ މި ޖަލްސާ ގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތައް އުސްފަސްގަނޑަށް ވަޑައިގެންދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ. އަދި އެމްޑީޕީ އަންހެނުންގެ ރޫހުން އިސްނަގައިގެން މާދަމާ ހަވީރުބާއްވާ އިންސާފަށް ހިނގާލާ ހިނގާލުމުގައި ވެސް ވީހާ ގިނަ ބަޔަކު ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުން ރޭ ވެސް ހާއްސަ ޖަލްސާއެއް ބޭއްވިއެވެ. މަންދު ކޮލެޖުގައި ބޭއްވި މި ޖަލްސާ ގައި އެމްޑީޕީގެ ގިނަ އަދަދެއްގެ އަންހެން މެންބަރުން ބައިވެރިވިކަން ފާހަގަކުރެވެއެވެ.