ތަޢްޒިޔާ ދެންނެވުން: އައްޑޫސިޓީގެ ހިތަދޫ ދާއިރާގެ އެމްޑީޕީގެ ޚިދްމަތްތެރިޔަކު ނިޔާވުމާ ގުޅިގެން ތައުޒިޔާ ދެންނެވުން

އެމްޑީޕީ އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގައި ވަރަށް ޙިކްމަތް ތެރިކަމާ އެކު މަސައްކަތް ކުރަމުން ގެންދިޔަ ސ.ހިތަދޫ ކައްބާބުގޭ އަޙްމަދު ވަޙީދު ވަނީ 02 ސެޕްޓެމްބަރ 2012 (ބުދަ) ދުވަހުގެ ވަގުތެއްގައި އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް ދެމި އޮތުމުގެ ޢާލަަމަށް ދަތުރުކުރައްވާ ފައެވެ.

މަރުޙޫމް ވަޙީދަކީ، އެމްޑީޕީ ފެށުނީއްސުރެން އެކި ގޮތްގޮތުން ޕާޓީ ކުރިއަރުވަން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދެވި ވަރަށް ހީވާގި މެމްބަރެކެވެ. އަދި އެމްޑީޕީ ހިތަދޫ ދާއިރާގެ ސެކްރެޓަރީ އެއްގެ މަޤާމް މަރުޙޫމް ވަޙީދު ފުރުއްވަމުން ގެންދިޔައީ އެއްވެސް ވަރުބަލި ކަމެއްނެތި ހީވާގި ކަމާ އެކުގައެވެ. އެ މަރުޙޫމްގެ ޚިދުމަތްތައް މި ދާއިރާއަށް ތާ އަބަދުމެ ލިބެމުން ދިޔައެވެ. އެއީ މި ދާއިރާގެ މަސައްކަތުގައި ވަރަށް ބުރަކޮށް މަަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅެކެވެ. އަދި މިއީ މި ދާއިރާ އަށް ކުރިމަތިވެގެން ދިޔަ ވަރަށް ބޮޑު ފޫނުބެދޭ ވަރުގެ ހިތާމައެއްކަމުގައި ފާހަގަކޮށް މަރުޙޫމްގެް ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދި ދުޢާ ދަންނަވަމެވެ. އާމީން!


އަޙްމަދު އަދުހަމް
އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް