ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ އެމްޑީޕީގެ ސަރުކާރު 7 ފެބްރުއަރީ 2012 ވަނަ ދުވަހު ބަދަލުކުރުމަށް ފަހު، މި ޕާޓީއަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެސް އިންޒާރެއް ދިނުމެއް ނެތި، ވަޒީފާ އާއި ބެހޭ ގާނޫނާއި ޚިލާފަށް ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ މައުލޫމާތު މި ޕާޓީއަށް ދަނީ ލިބެމުންނެވެ.
ވީމާ 7 ފެބްރުއަރީގެ ފަހުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 11 ވާ އަންގާރަ ދުވަހުގެ 15.00 ގެ ކުރިން މި ޕާޓީއަށް އެކަން ތަފްސީލާ އެކު ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
5 ސެޕްޓެމްބަރ 2012