އެމްޑީޕީ އަންހެނުންގެ ރޫހުގެ ޖަލްސާ އެއް މިރޭ މަންދު ކޮލެޖުގައި އޮންނާނެ

އެމްޑީޕީ އަންހެނުންގެ ރޫހުގެ ޖަލްސާ އެއް މިރޭ 9.00 ގައި މަންދު ކޮލެޖުގައި އޮންނާނެ އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އިސް މެންބަރުންގެ އިތުރުން ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ވާހަކަދައްކަވާނެއެވެ.

މިރޭ 9.00 ގައި ފެށޭ މި ޖަލްސާ ގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީގެ އެންމެހާ އަންހެން މެންބަރުންނަށާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތައް މަންދު ކޮލެޖަށް ވަޑައިގެންދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.