އެމްޑީޕީގެ ޖަލްސާ އެއް މިރޭ 9.30 ގައި އުސްފަސްގަނޑުގައި އޮންނާނެ

އެމްޑީޕީގެ ޖަލްސާ އެއް މިރޭ 9.30 ގައި އުސްފަސްގަނޑުގައި އޮންނާނެ އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 9.30 ގައި ފެށޭ މި ޖަލްސާ ގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީގެ މެންބަރުންނަށާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތައް އާޓިފިޝަލް ބީޗަށް ވަޑައިގެންދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.