އެމްޑީޕީގެ ޖަލްސާ އުސްފަސްގަނޑުގައި

އެމްޑީޕީގެ ޖަލްސާ އެއް މިރޭ އޮންނާނެއެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާ ގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީގެ މެންބަރުންނަށާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތައް އާޓިފިޝަލް ބީޗަށް ވަޑައިގެންދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.