16.50 ސީމެގް ގެ އެޖެންޑާއިން ރާއްޖެ ނަގަން ބޭނުން ކަމަށާއި އެހެން ނަމަވެސް އެ އެޖެންޑާގައި ރާއްޖެ އޮތީ ގައުމަށްޓަކައި ކަމުގައި ރައީސް ނަޝީދު ވިދާޅުވި
16.45 އެންމެ އަވަހަށް ބޭއްވޭ އިންތިޚާބެއް ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި. ކޯނީން ބަޣާވާތެއް ކަމަށް ނިންމާފައިނުވާތީ މި ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއް ކަމަށް ނުބުނެވޭނޭ ކަމަށާއި، އެހެން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބައެއް މީހުން އެ ދެ މުޥައްސަސާގެ ގާނޫނު ބަޔާންކުރާ ގޮތުން އެއަމަލުކޮށްފައި ވާތީ އެފަރާތްތަކާ މުޚާޠަބުކޮށް ބާޣީންނޭ ގޮވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.42 އެމަނިކުފާނުގެ މައްސަލަ ހުޅުމާލޭ ކޯޓްގައި ބެލޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވާތީ އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި އިއްޔެ ހުޅުމާލޭ ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.40 ރިޕޯޓުގައި ބަޣާވާތެއް ކަމަށް ކަނޑައަޅާފައި ނުވަނީ އާންމު މަސްލަހަތަށް ރިއާޔަތްކޮށް ކަމަށާއި، ލޮލަށް ފެނި އަތުން ހިފިފައިވާ ކަމަކީ ނުވާކަމަކަށް ނެހެދޭނޭ ކަމަށާއި، އެހެން ނަމަވެސް ދިވެހިރާއްޖެ އަށް ހަމަޖެހުން އޮތީ ރިޕޯޓަށް އަމަލުކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.38 ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން ދެން އިތުރު އެއްޗެއް ދަންނަވާކަށް ނެތިން. ސިފައިންނާއި ފުލުހުންގެ ގާނޫނާއި ޚިލާފްވުމަކީ ބަޣާވާތް ކުރުން ކަމަށާއި، އެހެން ކަމުން އެފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ރައީސް ނައީޝު ގޮވާލެއްވި
16.35 ރައީސް ނަޝީދު ކޯނީގެ ރިޕޯޓު ގަބޫލުފުޅުކުރައްވަނީ ގަހާ ސައީދުގެ އިންކާރުކުރުންތަކާ އެކު ކަމަށާއި، ސައީދު ވަރަށް އިޚްލާސްތެރިކަމާ ތެދުވެރިކަމާ އެކު މަސައްކަތް ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.30 އެމްޑީޕީން އަވަސް އިންތިޚާބެއް މުހިންމުކަން ފާހަގަކުރާނޭ ކަމަށާއި، އަވަސް އިންތިޚާބެއް ހޯދުމަށް މަސައްކަތްކުރަމުން ދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދި ގާނޫނާއި ގަވައިދާއި ޚިލާފަށް ފުލުހުންނާއި ސިފައިން ހިންގާފައިވާ ކަންތައްތައް ތަހުގީގު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ގައުމީ ފުލުހުންނާއި ސިފައިންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދި އެ ފަރާތްތަކަށް ހައްގު އަދަބު ލިބެންދެން އެމްޑީޕީން އިހުތިޖާޖުކުރާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.28 ވެރިކަން ބަދަލުވީ ސައްހަ ގޮތުން ކަމަށް ކޯނީން ނިންމާފައިވީ ނަމަވެސް އެ ގޮތަށް ރިޕޯޓުގައި ބަޔާންކުރީ ގަހާ ސައީދު އެ ކަމާ ވަރަށް ގިނަ ހިންހަމަ ނުޖެހުުން ފާޅުކުރައްވަމުން ދިއުމާ އެކު ކަމަށާއި، އެހެން ކަމުން އެކަންކަން ސީމެގަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.22 ކޮމިޝަނުގެ ރިޕޯޓުގައިވާ ކަންތައް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި. އަދި ވެރިކަން ބަދަލުވީ ގާނޫނާއި އެއްގޮތަށް ކަމަށް ކޯނީގެ ރިޕޯޓުގައި ހިމަނާފައިވަނީ އާންމު މަސްލަހަތަށް ބަލައި، ސިޔާސީ ވިސްނުމަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދި ރިޕޯޓް އެންމެން ބަލައިގަނެފައިވާ އިރު ކުރަންވީ ކަމަކީ ގާނޫނާއި ގަވައިދާއި ޚިލާފްވި ފުލުހުންނާއި ސިފައިންނާ މެދު ފިޔަވަޅުއެޅުން އަވަސްކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދި ގާނޫނާއި އެއްގޮތަށް ވެރިކަން ބަދަލުވެފައިވާ ކަމަށް ކޯނީގެ ރިޕޯޓުން ނިންމާފައިވާތީ ޕީޕީއެމް އާއި ޑީއާރުޕީއަށް މި ސަރުކާރުގައި ބައިވެރިނުވެވޭނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި.
16.21 ހުރިހާ ޕާޓީތަކުން ވެސް ކޮމިޝަނުގެ ރިޕޯޓު ބަލައިގަނެ އެއަށް އެއްބަސްވެފައިވާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިނާއީ ކަންތައްތައް ތަހުގީގުކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި
16.14 އެމްޑީޕީން ކޯނީގެ ރިޕޯޓާ ބެހޭ ގޮތުން މީގެ ކުރިން ހުށަހެޅި 3 ގޮތް ރައީސް ނަޝީދު ވިދާޅުވެދެއްވި. އަދި ކޯނީގެ ރިޕޯޓު މިހާރު ނިންމާފައިވަނީ ގާނޫނާއި ގަވައިދާއި ޚިލާފަށް ބަޔަކު އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް.އަދި އެ މައްސަލަތައް ވީހާ ވެސް އަވަހަށް ތަހުގީގުކުރުމަށް ކޯނީން ގޮވާލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ .
16.12 ކޯނީގެ ރިޕޯޓު ބަލައިގަތުމަށް ބޭރުގެ ޖަމާއަތްތަކުންނާއި، ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުން ގަބޫލުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
16.10 ރައީސް ނަޝީދުގެ ޚާއްސަ ޕްރެސް ކޮންފަރެންސް ފެށިއްޖެ