އެމްޑީޕީ އައްޑޫ ސިޓީގެ ނޫސް ބަޔާން

ނޫސްބަޔާން

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކުރީގެ ނައިބް ރައީސް މުޙައްމަދު ސަޢީދު ( މުއްލާ) ގެ މުދަލަށާ މުއްލާ އަށް 7 ފެބްރުއަރީ 2012 ގެ ފަހުން ވިދި ވިދިގެން އެކި އެކި ފަރާތްތަކުން އެކި ވަރުގެ ބޮޑެތި ގެއްލުން ދެމުންދާ ކަމަށް އައްޑޫ ސިޓީގެ އެމްޑީޕީ އަށް ވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތުން ރޭގެ ވަގުތެއްގައި މުއްލާ ފިހާރައިގެ ތެރޭގައި ވިޔަފާރީގެ މަސައްކަތުގައި ބުރަކޮށް އުޅެނިކޮށް ފިހާރައިގެ ބިއްލޫރި ވަނީ ތަޅާފައެވެ. އަދި އަޑުތައް ފެތުރެމުންދާ ގޮތުން މުއްލާ އަށް އެކި ފަރާތްތަކުން ބިރު ދައްކައި ނަފްސަށް ބިރުދެއްކުން ފަދަ އިންޒާރުތައް ދެމުން ގެންދާ ކަމަށްވެސް މި ސިޓީގެ އެމްޑީޕީ އަށް ވަނީ ފާހަނގަ ކުރެވިފައެވެ. މުއްލާ އަކީ އެމްޑީޕީގައި އުޅުނަސް އެއްމެ ފަރުދެއްގެ ފަރާތުން މުޅި އައްޑޫ އަށް އަދި އެހެނިހެން ފަރާތަތަކަށްވެސް އޭނާގެ ފަރާތުން ވަރަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ. އަދި ވަކި ޕާރޓީ އެއްގެ ފިކުރު ގެންގުޅުނަސް ހުރިހާ ފިކުރެއްގެ ބަޔަކާ ގުޅިގެން މަސައްކަތް ކުރަމުންދާ މީހެކެވެ. މިގޮތުން އައްޑޫގަ ކުރިއެރުވުމަށް ކުރާ ކުރަމުން ގެންދާ ކޮންމެ ކަމެއްގައި އެންމެކުރީގައި އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރެ އެވެ. ހަމަ އެހެންމެ 17 ވަނަ ސާރކް ސަމިޓަށް އައްޑޫގެ ތަރައްޤީ އަށް ކުރެވުނު އެންމެ ބޮޑު މަސައްކަތް ތަކުގަވެސް އެންމެ ކުރީގައި އިސްކޮށް މަސައްކަތް ކޮށް އެކި އެކި އެހީތައް ފޯރުކޮށްދެއްމުން ދިޔަ މީހެއްކަމުގައި މުއްލާ އަކީ ފާހަގަ ވާ މީހެކެވެ.

އެގޮތުން ސިފައިންނާ ފުލުހުންނަށް އެކި އެކި އެހީތެރިކަން ފޮރުކޮށް ދެމުން ދިޔައެވެ.އަދި ކޮންވެންޝަން ސެންޓަރުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ އެކި އެކި އެހީތައް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ އެންމެހައި ފަރާތްތަކަށް ފޮރުކޮށް ދެމުން ދިޔައެވެ.އެހެންނަމަވެސް ވަކިފަރާތްތަކެއްގެ ސިޔާސީ ބޯޅަ އެއްކަމުގައި މުއްލާ ހަދައިގެން ސަލާމަތީ ބާރުތަކުންނާ އަދި އިދިކޮޅު ފަރާތްތަކުން މުއްލާ އަށް ތަހައްމަލް ނުކުރެވޭ ފަދަ އަނިޔާތަކާއި ގެއްލުން ތައް ދެމުންދާތީ މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މި ފަދަ ކަންތައް ނުހިންގުމަށް ތިޔަ އެންމެހައި ފަރާތްތަކަށް ވަރަށް ހަރުކަށިކޮށް ގޮވާލަމެވެ. އަދި މުއްލާ އަބަދު ޕާރޓީއަށް ޓަކައި ވަމުންދާ ޤުރުބާނީ އާއި ޕާރޓީ ހިންގުމުގައި މިހާރުވެސް ކުރީގަވެސް ކުރަމުން ގެންދަވާ މަސައްކަށް ފާހަނގަ މިސިޓީ އިން ކުރަމެވެ.މިއީ އައްޑޫ ސިޓީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވައި މިފަދަ ލާއިންސާނީ ޢަމަލުތައް ވަގުތުން ވަގުތައް ހުއްޓާލުަމަށް އިދިކޮޅު ފަރާތްތަކަށާ ސަލާމަތީ ބާރުތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫ ސިޓީ
އަޙްމަދު އަދުހަމް ( ރައީސް )