ނޫސްބަޔާން: ކަންބޮޑުވުން ފާޅުކޮށް އައްޑޫސިޓީން ނެރޭ ނޫސްބަޔާން (1)

ސިޔާސީ ޕާރޓީ ތަކަކީ ޤާނޫނީ ވަކި ހައިސިޔަތެއް ލިބިގެން އުފައްދާފައިވާ ޕާރޓީ ތަކަކަށް ވީހިނދު އެޕާރޓީ ތަކުގެ އެންމެ އިސްފަރާތް ތަކަށް ޕާރޓީތަކުން ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ކަންތައް ތައް ހުއްޓުވުމަށް މަސައްކަތް ނުވުމަކީ އެއީ އެފަރާތުގެ ޒިއްމާދާރު ނޫންކަން ކަމުގައި އަޅުގަނޑުމެން އައްޑޫ ސިޓީގެ ފަރާތުން ފާހަނގަކޮށް އެފަރާތްތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އެހެންމެ ކޮންމެ ޕާރޓީ އަކީވެސް ވަކި އަސާސެއް އޮވެގެން އުފަންވެ އެއިން ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަން ޖެހެނީ ވަކި ހުދޫދެއްގައިކަންވެސް ފާހަނގަކުރަމެވެ.އެގޮތުން ކޮންމެ ޕާރޓީއަކީ ވެސް އެޕާރޓީއަކަށް ދިދަޔަކާ އަދި ކުލަ އެއް ފާސްވެގެން އުފެދި އަދި ރަޖިސްޓްރީ ވެގެން އުފެދި ފައިވާ ޕާރޓީ އެކެވެ.އެހެން ނަމަވެސް އެމްޑީޕީ ގެ ދިދަ އެހެނިހެން ސިޔާސީ ޕާރޓީ ތަކުން ސިޔާސީ ބޭނުމެއްގައި ބޭނުންކޮށް އަދި ޕާރޓީގެ ލޯގޯ ބޭނުންކޮށް ތަންތަނުގެ އަމާންކަމާއި ހަމަޖެހުން އަދި ސުލްހަ މަސަލަސް ކަން ނަގާލަން މަސައްކަތް ކުރަމުންދާކަމަށް ވަނީ އަޑުތައް ފެތުރިފައެވެެ. އެއާއެކު މި ކަމުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުންވެސް މި ކަމަށް ތާޢީދުކޮށް މިކަމުގައި ބައިވެރިވާ ކަމުގެ ޚަބަރުތައް ވަނީ މުޅި އައްޑޫ ސިޓީ އަށް ފެތުރިފައެވެ. މިފަދަ ވާހަކަ ތައް ދެކެވެމުން ދަނީ އެފަރާތްތަކުގެ އިހުމާލުންކަމަށާއި މި ފަދަ އަޑުތައް ސަލާމަތީ ބާރުތަކުން ފެތުރިގެން ދިއުމަކީ ވަރަށް ދެރަކަމެއްކަމުުގައި އަޅުގަނޑުމެން އައްޑޫ ސިޓީގެފަރާތުން ދެކެމެވެ.އަދި އެހެންމެ އައްޑޫ ސިޓީގެ ފަރާތުން މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މިކަން ވަގުތުން ހުއްޓާލުމަށްވސް އެފަދަ ފަރާއްތަކަށް ގޮވާލަމެވެ.ް . އަދި ސަލާމަތީ ބާރުތަކަކީ،ވަކި ކުލަޔަކަށް ވަކި ބަޔަކަށް ހިމާޔަތް ދޭން ތިބިބަޔަކަށް ނުވާހިނދު އެއީ ކޮންމެ ތަނެއްގެވެސް އަމަން އަމާންކަން ބަލަހައްޓައި މައްސަލަތައް ހަމަޔަކަށް އެޅުވުމަށް ތިބި ބަޔަކަށް ވެފައި މިފަރާތް ތަކުން ސަރުކާރުގެ ފިކުރުގެ ސިޔާސީ ޕާރޓީތަކާ ގުޅިގެން މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގަން ކޯނީގެ ރިޕޯރޓާ ދިމާކޮށް އުޅުމަކީ މުޅި ރާއްޖެއަށްވެސް މިކަމުން ވަރަށް ނޭދެވޭ ހާދިސާތައް ދިމާވާނެ ކަމަކަށް ވެފައި މިކަންކަން ވަގުތުން ހުއްޓާލުމަށް އައްޑޫ ސިޓީއިން ވަރަށް ހަރުކަށިކޮށް ގޮވާލަމެވެ. އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އައްޑޫގެ ތަރައްޤީ އަށްޓަކައި އައްޑޫގައި 17 ވަނަ ސާރކް ސަމިޓަށް ބިނާކޮށްދެެއްވި ކޮނވެންޝަން ސެންޓަރާއި ސްޓޭޓް ހައުސް ސަލާމަތީ ބާރުތަކާއި އެހެނިހެން ސިޔާސީ ޕާރޓީ ތަކުން ހިސޯރު ކުރަން އުޅޭކަމުގެ ހަބަރު އަޑުތައްވެސް ވަނީ ފެތުރިފައެވެ. އަދި މި ތަންތަން ހަލާކު ކޮށް ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް ލިބެމުން ދެ އެވެ. ހަމަ އެހެންމެ ކޯރޓް ތަކުން އައްޑޫގެ ބައެއް އެމްޑީޕީ މެމްބަރުންނަށް ކޯރޓް އަމުރު ހޯދަން ފުލުހުން މަސައްކަތް ކުރަމުންދާ ކަަމަށްވެސް ވަނީ ޚަބަރު ފެތުރިފައެވެ.އެގޮތުން މިއަދުވެސް އައްޑޫ ސިޓީއިން ޕޮލިހުންވަނީ 12 މީހަކަށް ކޯރޓް އަމުރު ހޯދާފައެވެ. އެހެންކަމުން ރާއްޖޭގެ ޝަރުޢީ ނިޒާމަށާއި ސަލާމަތީ ބާރުތަކަށާއި އަދި ސިޔާސީ ފިކުރުމުގެ އެންމެހަިއ ފަރާތްތަކަށާއި ސިޔާސީ ޕާރޓީ ތަކަށް ގޮވާލަނީ މިފަދަ ޢަމަލުތައް މި ދަނޑިވަޅުގައި ނުހިންގައި ޝަރުޢީ ދާއިރާ ތައް މިނިވަން ކަމާއެކު މަސައްކަތް ކުރުމަށެވެ. އަދި ރައްޔިތުންނަށް އަނިޔާ ނުކުރުމަށާއި މުގުރުގެ ބާރު ނުދެއްކުމަށްވެސް އެންމައި ފަރާތްތަކަށް ގޮވާލަމެވެ.އަދި މިފަދަ ދަނޑިވަޅެއްގައި ސަލާމަތީ ބާރުތަކުން ވަކި ކޮޅަކަށްނުޖެހުމަށާއި އެންމެހައި ފަރާތްތަކަށް ހަމަހަމަ އުޞޫލުން ކަންތައްތައް ކުރުމަށްވެސް ގޮވާލަމެވެ.
އެހެންކަމުން މި ކަންތައް ތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ކޯނީގެ ރިޕޯރޓާ ގުޅިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުން ހިންގަިއ މި ފަދަ ނާތަހުޒީބީ ޢަމަލު ތައް ނުހިންގުމަށް ސިޔާސީ ޕާރޓީ ތަކަށާއި ސަލާމަތީ ބާރުތަކަށް ގޮވާލާ މި އަޑުަތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ބަޔާން ނެރުނީ: އައްޑޫ ސިޓީ ( އެމްޑީޕީ )
އަޙްމަދު އަދުހަމް ( އައްޑޫ ސިޓީގެ ރަައީސް )