އެމްޑީޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމެޓީގެ 122 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އެމްޑީޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމެޓީ (އެން.އީ.ސީ)ގެ 122 ވަނަ ބައްދަލުވުން މިއަދު އެމްޑީޕީ އޮފީހުގައި ބާއްވައިފިއެވެ.

އެން.އީ.ސީގެ 24 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ، ކޯނީގެ ރިޕޯޓް ޢާންމުކުރުން ކަންހިނގައިފާނެގޮތަކާއި ގުޅޭގޮތުންނާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކުރާނޭ ކަންކަމާއި ގުޅޭގޮތުންނެވެ.

އެގޮތުން، ކޯނީގެ ރިޕޯޓް ޢާންމުކުރުމުން، ގިނަ މެމްބަރުންތަކަކަށް އެއްފަހަރާ ޖަމާވެވޭނޭ ތަނެއްގައި ކޯނީގެ ރިޕޯޓް އަޑު އިއްވުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި، ފެބްރުއަރީ 6 އަދި 7ގައި ޤާނޫނާއި ޚިލާފްވި ފުލުހުންނާއި ސިފައިންނާއި މެދު ފިޔަވަޅުއެޅުމާއި، އަވަސް އިންތިޚާބުގެ ތާރީޚެއް ކަނޑައެޅުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ކުރިއަށް މަޝްވަރާކޮށްފައެވެ.