ވަގުތުން ނެރުމަށް
ތާރީޚް : 28 އޮގަސްޓް 2012
ނޫސްބަޔާން
ސިޔާސީ ޕާޓީތަކަކީ ޤާނޫނީ ވަކި ހައިސިއްޔަތެއް ލިބިގެން އުފައްދާފައިވާ ޕާޓީތަކަކަށް ވީހިނދު އެޕާޓީ ތަކުގެ އެންމެ އިސްފަރާތް ތަކަށް ޕާޓީތަކުން ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ކަންތައް ތައް ހުއްޓުވުމަށް މަސައްކަތް ނުވުމަކީ އެއީ އެފަރާތުގެ ޒިންމާދާރު ނޫންކަން ކަމުގައި އަޅުގަނޑުމެން އައްޑޫ ސިޓީގެ ފަރާތުން ފާހަގަކޮށް އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
އަދި އެހެންމެ ކޮންމެ ޕާޓީ އަކީވެސް ވަކި އަސާސެއް އޮވެގެން އުފަންވެ އެއިން ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަން ޖެހެނީ ވަކި ހުދޫދެއްގައިކަންވެސް ފާހަގަކުރަމެވެ. އެގޮތުން ކޮންމެ ޕާޓީއަކީ ވެސް އެޕާޓީއަކަށް ދިދަޔަކާ އަދި ކުލަ އެއް ފާސްވެގެން ރަޖިސްޓްރީ ވެގެން އުފެދިފައިވާ ޕާޓީ އެކެވެ.އެހެން ނަމަވެސް އެމްޑީޕީގެ ދިދަ އެހެނިހެން ސިޔާސީ ޕާޓީ ތަކުން ސިޔާސީ ބޭނުމެއްގައި ބޭނުންކޮށް އަދި ޕާޓީގެ ލޯގޯ ބޭނުންކޮށް ތަންތަނުގެ އަމާންކަމާއި ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންދާކަމަށް އަޅުގަނޑުމެނަށް ވަނީ އަޑުތައްއިވި ފައެވެ. އެއާއެކު މި ކަމުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުންވެސް މި ކަމަށް ތާޢީދުކޮށް މިކަމުގައި ބައިވެރިވާ ކަމުގެ ޚަބަރުތައް ވަނީ މުޅި އައްޑޫ ސިޓީ އަށް ފެތުރިފައެވެ. މިފަދަ ވާހަކަތައް ދެކެވެމުން ދަނީ އެފަރާތްތަކުގެ އެހީގައެވެ.
އަދި ސަލާމަތީ ބާރުތަކަކީ،ވަކި ކުލަޔަކަށް ވަކި ބަޔަކަށް ހިމާޔަތް ދޭން ތިބިބަޔަކަށް ނުވާހިނދު އެއީ ކޮންމެ ތަނެއްގެވެސް އަމަން އަމާންކަން ބަލަހައްޓައި މައްސަލަތައް ހަމަޔަކަށް އެޅުވުމަށް ތިބި ބަޔަކަށް ވެފައި މިފަރާތް ތަކުން ސަރުކާރުގެ ފިކުރުގެ ސިޔާސީ ޕާރޓީތަކާ ގުޅިގެން މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގަން ކޯނީގެ ރިޕޯޓާ ދިމާކޮށް އުޅުމަކީ މުޅި ރާއްޖެއަށްވެސް މިކަމުން ވަރަށް ނޭދެވޭ ހާދިސާތައް ދިމާވާނެ ކަމަކަށް ވެފައި މިކަންކަން ވަގުތުން ހުއްޓާލުމަށް އައްޑޫ ސިޓީއިން ވަރަށް ހަރުކަށިކޮށް ގޮވާލަމެވެ. އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އައްޑޫގެ ތަރައްޤީ އަށްޓަކައި އައްޑޫގައި 17 ވަނަ ސާރކް ސަމިޓަށް ބިނާކޮށްދެެއްވި ކޮންވެންޝަން ސެންޓަރާއި ސްޓޭޓް ހައުސް ސަލާމަތީ ބާރުތަކާއި އެހެނިހެން ސިޔާސީ ޕާރޓީ ތަކުން ހިސޯރު ކުރަން އުޅޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އަދި މި ތަންތަން ހަލާކުކޮށް ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް ލިބެމުން ދެ އެވެ. ހަމަ އެހެންމެ ކޯޓުތަކުން އައްޑޫގެ ބައެއް އެމްޑީޕީ މެމްބަރުންނަށް ކޯޓު އަމުރު ހޯދަން ފުލުހުން މަސައްކަތް ކުރަމުންދާ ކަަމަށް ވެސް ވަނީ ޚަބަރު ފެތުރިފައެވެ.
އެހެންކަމުން މި ކަންތައްތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ކޯނީގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުން ހިންގަިއ މި ފަދަ ނާތަހުޒީބީ ޢަމަލު ތައް ނުހިންގުމަށް ސިޔާސީ ޕާރޓީ ތަކަށާއި ސަލާމަތީ ބާރުތަކަށް ގޮވާލާ މި އަޑުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ބަޔާން ނެރުނީ: އައްޑޫ ސިޓީ ( އެމްޑީޕީ )
އަޙްމަދު އަދުހަމް ( ރައީސް )