އެމްޑީޕީގެ ޖަލްސާ އަދި ހިނގާލުން މިރޭ އޮންނާނެ

އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ އަދި އެމްޑީޕީގެ ހިނގާލުން މިރޭ ވެސް އޮންނާނެއެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވާނެއެވެ.

މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާ އަދި ސުލްހަވެރި ހިނގާލުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީގެ މެންބަރުންނަށާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތައް އާޓިފިޝަލް ބީޗަށް ވަޑައިގެންދެއްވުމަށް އެމްޑީޕީން ދައުވަތުއަރުވައެވެ.