ނޫސްބަޔާން: ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ސުލްޙަވެރި ޙައްލެ ހޯދުމަށް ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި ބޭއްވޭ މަޝްވަރާގައި އެމް.ޑީ.ޕީން ބައިވެރިވުމާއި ގުޅޭ:

MDP-2012-PR-ނަންބަރު: 104
ތާރީޚް: 27 އޮގަސްޓް 2012 (ހޯމަ)

ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ސުލްޙަވެރި ޙައްލެ ހޯދުމަށް ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި ބޭއްވޭ މަޝްވަރާގައި އެމް.ޑީ.ޕީން ބައިވެރިވުމާއި ގުޅޭ:

ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ސުލްޙަވެރި ޙައްލެ ހޯދުމަށް ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި މަޝްވަރާކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޗެއާޕަރސަން އަލްފާޟިލް މޫސާ މަނިކަށް މިހާރު ވެރިކަމާއި ހަވާލުވެ ހުންނެވި ޑރ. މުޙައްމަދު ވަޙީދު ވަނީ ދަޢުވަތު ދެއްވާފައެވެ.

މި ޕާޓީއަކީ އަބަދުވެސް މަޝްވަރާއާއީ ވާހަކަދެއްކުމަށް މަރުޙަބާ ކިޔާ، އެކަމަށް ތައްޔާރަށް އޮތް ޕާޓީއެކެވެ. އެހެންކަމުން އެދަޢުވަތު މިޕާޓީން ވަނީ ޤަބޫލްކޮށްފައެވެ. ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވޭ މިފަދަ މަޝްވަރާއެއްގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް ޙައްލެ ހޯދުމަށް މަޝްވަރާކުރެވެން ޖެހޭނޭކަމަށް މި ޕާޓީން ދެކެމެވެ. މިގޮތުން ޤާނޫނާއި ޤަވާޢިދާ ޚިލާފްވެ، ނުކިޔަމަންތެރިވި ފުލުހުންނާއި ސިފައިންނާ މެދު ޢަމަލުކުރާނެ ގޮތްތަކަކާއި މެދުއާއި، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށްޓަކައި އަވަސް އިންތިޚާބެއްގެ ތާރީޚެއް ކަނޑައެޅުމާއި މެދު މަޝްވަރާކުރެވެން ޖެހޭނޭކަމަށް މިޕާޓީން ޤަބޫލްކުރަމެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 30 އޯގަސްޓް 2012 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް