ވަގުތުން ނެރުމަށް:
އެމް،ޑީ،ޕީ ފުވައްމުލަކު އުތުރު ދާއިރާ
ފުވައްމުލައް
MDP-R01/01-2012ނަމްބަރ :
ތާރީޚް: 23 އޯގަސްޓް 2012
ފުވައްމުލަކު އުތުރު ދާއިރާގެ ނައިބު ރައީސް ހައްޔަރު ކުރުން
21 އޯގަސްޓް 2012 ވީ އަންގާރަ ދުވަހުގެ ރޭ މި ދާއިރާ ގެ ނައިބް ރައީސް ހުސެން ޝާފީ ފުވައްމުލަކު ކެފޭ އެއްގެ ތެރޭ ހުއްޓާ ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގެ ފުލުހުން އެއްވެސް ހެއްކެތް ނެތި ކޯޓް އަމުރެއް ހޯދައިގެން ގޮސް ހައްޔަރު ކޮށް ބަންދުގަ ބަހައްޓައި، ޝާފީ ގެ އާއިލާ މީހުނަށް ދޮގު މައުލޫމާތު ދީ، އިއްޒަތާއި އަބުރު ނަގާލަން މަސައްކަތް ކޮށްފައިވާތީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ މި ފިނޑި އަމަލު މި ދާއިރާ އިން ކުއްވެރި ކުރަމެވެ.
މި ފަދަ ފިނޑި އަމަލުތަކަކީ މި ދާއިރާގެ އެއްވެސް މެމްބަރަކު ޖެހިލުން ވާނެ އަދި ޝާފީ ވެސް ޕާޓީ އަށް ޓަކައި ކުރަމުން ދާ އެއްވެސް މަސައްކަތަކަށް ބުރޫ އަރުވާލެވޭނެ ކަމެއް ނޫނެވެ. ފުވައްމުލަކު ފުލުހުން ސިޔާސީ ވިސްނުން ކުރިޔަށް ނެރެ، ހިންގަމުން ދާ މިފަދަ ދަށުދަރަޖައިގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި، ގާނޫނާއި ގަވާއިދުގެ ތެރެއަށް ރުޖޫޢަ ވެ، ރައްޔިތުން ގެ އިތުބާރާއި ލޯބި ލިބޭނޭ ފަދަ މުއައްސަސާ އަކަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަން ހެދުމަށް މި ފުރުސަތުގައި މިދާއިރާ އިން ގޮވާލަމެވެ.
ބަޔާން ނެރުނީ: ފުވައްމުލަކު އުތުރު ދާއިރާ
ފުވައްމުލައް