އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ އިމާދުއްދީން ސްކޫލްގައި

އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ އިމާދުއްދީން ސްކޫލްގައި އޮންނާނެއެވެ. މި ޖަލްސާއަށް އެމްޑީޕީގެ އެންމެހާ މެމްބަރުންނާއި އެމްޑީޕީއަށް ތާއިދުކުރާ ދިވެހީންނަށް ދައުވަތު އެރުވިފައިވެއެވެ. ޖަލްސާ ފެށޭ ގަޑިއަކީ ރޭގަނޑު 9.00 އެވެ. މި ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕާޓީ ޓިކެޓް ލިބިފައިވާ ކެންޑިޑޭޓުން ވާހަކަ ދައްކަވާނެއެވެ.