ލ.ގަމު އެމްޑީޕީ މެންބަރުންނާ މޫސަ ބައްދަލުކުރައްވައިފި

ލ. ގަމު އެމްޑީޕީ މެންބަރުންނާއި އެ ޕާޓީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ބައްދަލުކުރައްވައިފިއެވެ.

ގަމުގައި އަލަށް އިމާރާތްކުރާ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި އޮތް މި ބައްދަލުކުރެއްވުމުގައި އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ޙަރަކާތްތަކުގެ މަޢުލޫމާތު މެންބަރުނާއި ހިއްސާ ކުރެއްވުމުގެ އިތުރުން ލާމަރުކަޒީ އުސޫލުން އެމްޑީޕީގެ ހިންގުން ބައްޓަން ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެ ގޮތުން 7 ޕްރޮވިންސް ގައި އެމްޑީޕީގެ އިދާރީ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.

ގަމު އެމްޑީޕީ މެންބަރުންނާ މޫސަ ބައްދަލުކުރެއްވީ އަމިއްލަ ދަތުރުފުޅެއްގައި ލ. އަތޮޅަށް ކުރެއްވި ޒިޔާރަތެއްގައެވެ.