ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 95
ތާރީޚް: 12 އޮގަސްޓް 2012 (އާދީއްތަ)
ފެބްރުއަރީ 7 އަދި 8 ގެ ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތް ކުށްވެރިކުރުން
ފެބްރުއަރީ 7 އަދި 8 ގެ އަނިޔާވެރިކަން ދެކި، އެއަނިޔާވެރިކަމުގެ ހިތިކަން ތަޖުރިބާކޮށްފައިވާ ފަރާތްތަކުން އެ އަމަލުތައް ހިންގި ފަރާތްތަކާ މުޚާޠަބުކޮށް ޝުއޫރުފާޅުކުރުން ހުއްޓުވުމަކީ މި ޕާޓީން ކުރާނޭ ކަމެއް ނޫނެވެ. އަދި އެފަދަ ޝުއޫރުފާޅުކުރާ ފަރާތްތަކަށް ނުހައްގުން އަދަބުދެމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އަނިޔާތަކުގެ ހުރަހަކަށް މި ޕާޓީން ވާނޭ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
7 އަދި 8 ފެބްރުއަރީގައި ހިންގި ހަރަކާތްތަކުގެ މަންޒަރުތައް ލޮލުން ދެކި، އަތުން ހިފައި، އެ އަނިޔާވެރިކަން ތަޖުރިބާކުރި ފަރާތްތަކުގެ ވާހަކަ ދޮގުކޮށް، އެ އަނިޔާވެރި ލާއިންސާނީ އަމަލުތަކަށް ފަސްއަޅައި ފޮރުވުމަށް ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދިވެހިރައްޔިތުން 7 އަދި 8 ފެބްރުއަރީގެ ހަގީގަތް ސާފުކޮށްދީ، އެ ތަޖުރިބާ ހިއްސާކޮށް، ޝުއޫރު ފާޅު ކުރަމުންދާނެއެވެ.
އަދި އެ ހަގީގަތްތައް ފޮރުވުމަށް ހީލަތްތެރި ރޭވުމެއްގެ ދަށުން ރާވަމުންދާ އޮޅުވާލުންތަކަށް ސަމާލުވެ، ފަރުވާތެރިވުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް