ރަތްމަންދޫ ކައުންސިލަށާއި، ރ.އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނޭ ފަރާތްތައް ކަނޑައަޅައިފި

މ.ރަތްމަންދޫ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ގޮތުގައި އެރަށު ރެޑިއަމްގެ، މުހައްމަދު ރާމިޒް، އަދި ރ.އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށި ދާއިރާގެ ގޮނޑިއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ގޮތުގައި ރ.އަލިފުށީ ހަވީރިނާޒް މުއުމިނާ ޢީސާފުޅު އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ކަނޑައަޅައިފިއެވެ.

މ. ރަތްމަންދޫ ކައުންސިލްގެ ބައި-އިލެކްޝަން އާއި، އަލިފުށި ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2012 ސެޕްޓެމްބަރ 22 ވާ ހޮނިހިރު ދުވަހު އެވެ. މީގެ އިތުރުން ހދ.ނެއްލައިދޫ ކައުންސިލްގެ ބައި އިލެކްޝަން ވެސް މިއަންނަ ސެޕްޓެމްބަރު މަހު އޮންނާނެއެވެ. އެ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 08 ވާ ހޮނިހިރު ދުވަހު އެވެ.