ބަޣާވާތާއި އަނިޔާވެރިކަމަށް 6 މަސް ދުވަސް ގެ ނަމުގައި އެމްޑީޕީން ޕެރޭޑެއް ބާއްވަނީ

ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހި ފުލުހުންގެ ތެރެއިން ބަޔަކާއި މަދު އަދަދެއްގެ ސިފައިންގެ ބައިވެރިވުމާ އެކު ރާއްޖެއަށް ގެނައި ނުރައްކާތެރި ބަޣާވާތަށް 6 މަސް ފުރުމާއި ދިމާކޮށް އެމްޑީޕީން ބާއްވާ ޚާއްސަ ޕެރޭޑެއް މިރޭ 10 ޖަހާއިރު އުސްފަސްގަނޑުން ފެށޭނެއެވެ.

ބަޣާވާތާއި އަނިޔާވެރިކަމަށް 6 މަސް ދުވަސް ގެ ނަމުގައި އެމްޑީޕީން ބާއްވާ މި ޕެރޭޑްގައި އެ ޕާޓީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ހުރިހާ ފަރާތަކުން ބައިވެރިވުމަށް އެމްޑީޕީން އެދެއެވެ.