އެމްޑީޕީގެ ސައިކަލް ބުރު ހަވީރު އަދި ހިނގާލުން ރޭގަނޑު އުސްފަސްގަނޑުން

އަވަސް އިންތިޚާބަކަށް ގޮވާލުމަށާއި، އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ހިމެނޭ އެމްޑީޕީގެ ސައިކަލް ބުރު މިއަދު ހަވީރު، އަދި ހިނގާލުން މިރޭ އޮންނާނެއެވެ..

އެމްޑީޕީގެ ސައިކަލް ބުރު މިއަދު ހަވީރު 4.30 ގައި އުސްފަސްގަނޑުން ފަށާއިރު، ހިނގާލުން ފެށޭނީ މިރޭ 10 ޖަހާއިރު އުސްފަސްގަނޑުން ފެށޭނޭ ކަމަށާއި، މި ސީދާ ހަރަކާތްތަކުގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލައެވެ.

އެމްޑީޕީން އިއްޔެ ވެސް ވަނީ ސައިކަލްބުރު ބާއްވާފައެވެ. އަދި ރޭ އެމްޑީޕީން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައި ސިލްސިލާކޮށް ބާއްވަމުން އަންނަ ހިނގާލުމުގެ ބަދަލުގައި ޚާއްސަ ހިނގާލުމެއް ވެސް ބާއްވާފައެވެ. މި ހިނގާލުމަކީ ބަޣާވާތުގެ ސަރުކާރުން އާސަންދަ ހުއްޓާލަން މަސައްކަތް ކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވު ހިނގާލުމެކެވެ.