އާޒިމާގެ މައްސަލަ އިލްޔާސް ލަބީބު އޭސީސީއަށް ހުށަހަޅުއްވައިފި

މ.އާސްތާނާ އާޒިމާޝުކޫރު، އިނގިރޭސިވިލާތުގެ ކުރީގެ ބަންޑާރަބަންޑާރަނައިބު، އަދި މިހާރު އިނގިރޭސި ހައުސްއޮފްލޯޑްސްގެ މެމްބަރެއްކަމުގައިވާ ބެރޮނަސް ސްކޮޓްލެންޑް ގެފަރާތުން ގާނޫނީލަފާ ހޯދުމަށްކަމަށްބުނެ، ދުވާލަކަށް 182،625.00 ދިވެހިރުފިޔާގެރޭޓުން ދެހަފްތާއަށް ޖުމްލަ 1.82 މިލިއަން ދިވެހި ރުފިޔާ ދައުލަތުގެ ބަންޑާރަނައިބުގެ ނަމުގައި ބެރޮނަސް ސްކޮޓްލަންޑަށް ދިނުމަށް އެއްބަސްވެފައިވާކަމަށް ޙަބަރުލިބިފައިވާތީވެ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތުކޮމިޓީގެ މެމްބަރު އިލްޔާސްލަބީބް މިމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސްލަބީބު މިމައްސަލަ އެންޓިކަރަޕްޝަންބޯޑަށް ހުށަހެޅުއްވީ، މިހަރަދަކީ މާލިއްޔަތުގާނޫނާއި އަދި މާލިއްޔަތު ގަވާއިދާއި ޙިލާފަށް، އަދި މިއަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވާ ޙަރަދަކަށްވާތީވެ، މ. އާސްތާނާ އާޒިމާ ޝުކޫރު ކުރެއްވި ޙަރަދަކީ ކަރަޕްޝަންގެ އަމަލެއްކަމުގައި ދެކެވަޑައިގަންނަވާތީކަމުގައި ވިދާޅުވިއެވެ.

އިލްޔާސް ލަބީބު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަންޑާރަނައިބުގެ ނަމުގައި ގާނޫނާ ޙިލާފަށް މ.އާސްތާނާ އާޒިމާޝުކޫރު ކަރަޕްޝަންގެ މިފަދަ ހުތުރު އަމަލެއް ހިންގާފައިވާތީވެ އެކަމާ ކަންބޮޑުވެ ހިތާމަކުރާކަމަށެވެ.