އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރުގެ ބައްޕަ، ހއ.ހޯރަފުށީ ފޮރިންގވިލާ ހަސަން ހުސައިން، ރޭ ދަންވަރުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން އެ މަރުޙޫމްގެ އާއިލާއަށް އެމްޑީޕީން ތައުޒިޔާ ދަންނަވަމެވެ.
މަރުހޫމްގެ މޫނުދެއްކުން އޮންނާނީ މިއަދު ހެނދުނު 10 ން ފެށިގެން އާ ސަހަރާގައެވެ. ކަށުނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގައެވެ.
މަރުޙޫމް ހަސަން ހުސައިންގެ ފުރާނައަށް މާތްﷲ ރަޙްމަތްލައްވައި، އެ މާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ.