އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން އާއި ބެހޭ

MDP/2012/I-034

އެމްޑީޕީ އިލެކްޝަން 2012

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 31 އޮގަސްޓް 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ.

ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 09 އޯގަސްޓް 2012 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1. ހދ.ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސް
2. ރ.ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
3. ގއ.ގެމަނަފުށި ދާއިރާގެ ސެކްރެޓަރީ
4. ޏ.ފުވައްމުލަކު ދެކުނު ދާއިރާގެ އިންތިޒާމް ސެކްރެޓަރީ
5. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 4 އޮގަސްޓް 2012