ތިން އިންތިހާބެއްގައި ވާދަ ކުރައްވާނެ ކެނޑިޑޭޓުން ކަނޑައަޅައިފި

2012 ސެޕްޓެމްބަރ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހދ ނެއްލައިދޫ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ގޮތުގައި ހދ ނެއްލައިދޫ، ހިތަށްފިނިވާގެ މުހައްމަދު ހަނީފު، އިންތިހާބާއި ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމައިފިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ކިނބިދޫ ދާއިރާއިން ހުސްވެފައިވާ އެދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ މުހައްމަދު ޝަރީފު ( ސެންކޯ ޝަރީފް ) މ، ސަނީކޯސްޓް އާއި، ށ ކަނޑިތީމު ދާއިރާ އަށް ކުރިމަތިލާފައިވާ އެރަށު ދޯދި، އަހުމަދު އާތިފް. އެމަގާމްތަކަށް ޝަރުތު ހަމަވާ ކަމަށްވެސް އިންތިހާބާއި ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ބައިއިލެކްޝަން އޮންނާނީ 31 އޮގަސްޓް 2012 ވާ ހުކުރު ދުވަހު އެވެ.

އިންތިޚާބާއި ބެހޭ ކޮމިޓީގެ މި ބައްދަލުވުން ބޭއްވީ ސީދާ ހަރަކާތުގައި ހައްޔަރުކުރުމަށް ފަހު މިހާރު ގޭ ބަންދުގައި ހުންނެވި އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ގޭގައެވެ.