ތޮއްޑޫއިން މިރޭ 1000 ކިލޯ ކަރާ އުސްފަސްގަނޑަށް ހަދިޔާ ކުރާނެ

ތޮއްޑޫއިން މިރޭ1000 ކިލޯ ކަރާ އުސްފަސްގަނޑަށް ހަދިޔާ ކުރާ ގޮތަށް އެމްޑީޕީ ތޮއްޑޫ ދާއިރާއިން ނިންމައިފި އެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ޙަސަން ޝިޔާން ވިދާޅުވީ މިކަމަކީ ތޮއްޑޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ އިސް ނެގުމެއް ކަމަށާއި، ތޮއްޑޫއިން ހަދިޔާ އެއް ދޭ ނަމަ ދޭން އެންމެ ރަގަޅު ހަދިޔާ އަކީ ކަރާކަމަށް ދެކޭ ކަމަށެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވެސް ވަނީ މިއީ ރޯދަ މަސް ކަމަށާއި، ކަރާގެ މައްސަރު ކަމަށް ވިދާޅުވެ، މިރޭ އުސްފަސްގަނޑުގައި އޮންނަ ތަރާވީހަކަށް އެ ދާއިރާއިން 1000 ކިލޯގެ ކަރާ ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަން އިއުލާން ކުރައްވާފައެވެ.