އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ނޫސް ބަޔާން


ނަންބަރު: MDP –PG-2012-PR-0010
ތާރީޚް: 01 އޮގަސްޓް 2012 (ބުދަ)

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ނޫސް ބަޔާން

7 ފެބްރުއަރީގައި ދިވެހިރާއްޖެއަށް ގެނެވުނު ބަޣާވާތަށްފަހު، މިއަދާ ހަމައަށް އައިއިރު، ދިވެހި ދައުލަތް ހުއްޓި، ދިވެހި ރާއްޖޭގެ ދުސްތޫރު ހުއްޓި، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހުއްޓި، ދިވެހި އިޤްތިޞާދު ހުއްޓި، ދިވެހި ރައްޔިތުން ބިކަވެ ބިރުވެރިކަމެއްގެ ތެރެއަށް ގެނބެމުންދާތީވެ، ދެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އެއްބާރު ލުމާއި އެހީތެރިކަން ދެވޭނީ، ރާއްޖޭގެ ކަންކަން ހައްލުކުރުމަށްޓަކައި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކާއި، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މަޝްވަރާގެ މޭޒުދޮށަށް އައިސް ޤައުމުގެ މިއަދުގެ ހާލަތާއިމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ފަހުގައި ކަމަށް މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފީމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް އަމީން އާންމު ހާމިދު އަބުދުލް ޢަފޫރު