ފުލުހުންނާއި ސިފައިން ޔުނީފޯމްލުން އެއީ އަނިޔާކުރުމަށްލިބޭ ގްރީން ކާޑެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޤަފޫރު ވިދާޅުވެއްޖެ

ފުލުހުންނާއި ސިފައިން ޔުނީފޯމްލުން އެއީ އަނިޔާކުރުމަށްލިބޭ ގްރީން ކާޑެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޤަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤަފޫރު ވިދާޅުވީ ފުލުހުން ކިތަންމެ ރުޅިއަޔަސް އެމްޑީޕީން މުޒާހަރާކުރާނެ ކަމަށާއި، މިޤައުމު ސަލާމަތް ކުރާނެ ކަމަށާއި، ރައްޔިތުންގެ ހައްގުގައި ފުރާނަ ދިޔަޔަސް އެމްޑީޕީގެ މެންބަރުން ޖެހިލުމެއްނުވާނެ ކަމަށެވެ. ހަމަ އެގޮތަށް އާސަންދަ ހިލޭދީފައި ނޫނީ މަޖިލިސް ކުރިޔަކައް ނުދާނޭކަމަށާއި، 30 އަހަރު ނުކުރެވޭ އެތައްކަމެއް 3 އަހަރު ކޮއްފައިވާނެ ކަމަށް ޤަފޫރު ވިދާޅުވިއެވެ.

“މަސްވެރިންނަށް ކަނޑައެޅި ސަބްސިޑީ ބާޣީ ސަރުކާރުން ނުދޭ! މިކަމާ މަސްވެރިން ތެދުވަން ޖެހޭ! ދަނޑުވެރިންނަށް ދޭންހުރި ލާރި ނުދޭ! މިކަމާ ދަނޑުވެރިން ތެދުވަން ޖެހޭ! ކައުންސިލް ތަކަށް ކަނޑައެޅި ބަޖެޓް، ކައުންސިލްތަކަށް ނުދޭ، މިކަމާ ކައުންސިލްތައް ތެދުވަން ޖެހޭ! އަދި ކައުންސިލްތައް ވަނީ ދަރާފައި.” ޤަފޫރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަންމަނިކު ވިދާޅުވީ، އެމްޑީޕީގެ 50،000 މެންބަރުން ފުލުސް އޮފީހަށް ގެންގޮސްފައި ނޫނީ ރައީސް ނަޝީދު ފުލުސް އޮފީހަށް ނުގެންދެވޭނެ ކަމަށާއި، ރައިސް ނަޝީދު 3 އަހަރާއި 3 މަސްދުވަސް ވަންދެން ވެސް ހުންނެވީ ސީދާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމުގައި ކަމަށެވެ.

މީގެ އިތުރުން “އާސަންދަ ކުރިޔަށް ނުދަންޏާ ޓެކްސް ހުއްޓާލަން ޖެހޭނެ. ފުލެޓް ނޭޅެންޏާ، ޓެކުސް ދައްކާކަށް ނުޖެހޭނެ.” ސަރަނގު އާދަން މަނިކު ވިދާޅުވިއެވެ.