އެމްޑީޕީގެ ސައިކަލް ބުރު ހަވީރު އަދި ހިނގާލުން ރޭގަނޑު އުސްފަސްގަނޑުން -އައްޑޫ ސިޓީ ގައި ވެސް ހަވީރު ސައިކަލްބުރު އޮންނާނެ

އަވަސް އިންތިޚާބަކަށް ގޮވާލުމަށާއި، އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ހިމެނޭ އެމްޑީޕީގެ ސައިކަލް ބުރު މިއަދު ހަވީރު އަދި ހިނގާލުން މިރޭ އޮންނަ އިރު މިއަދު ހަވީރު އައްޑޫ ސިޓީގައި ވެސް އެމްޑީޕީގެ ސައިކަލް ބުރު އޮންނާނެއެވެ.

މާލެ ސިޓީގައި އެމްޑީޕީގެ ސައިކަލް ބުރު މިއަދު ހަވީރު 4 ހަޖާއިރު އުސްފަސްގަނޑުން ފަށާއިރު، ހިނގާލުން ފެށޭނީ މިރޭ 10 ޖަހާއިރު އުސްފަސްގަނޑުން ކަމަށާއި، މި ސީދާ ހަރަކާތްތަކުގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލައެވެ.

އެމްޑީޕީން އިއްޔެ ވެސް ވަނީ ސައިކަލްބުރު ބާއްވާފައެވެ. އަދި ރޭ ވެސް އެމްޑީޕީން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައި ސިލްސިލާކޮށް ބާއްވަމުން އަންނަ ހިނގާލުން ވެސް ބާއްވާފައެވެ.

އައްޑޫ ސިޓީގައި މިއަދު ބާއްވާ އެމްޑީޕީގެ ސައިކަލްބުރު ފެށޭނީ ހަވީރު 4 ޖަހާއިރު އެ ދާއިރާއެއްގެ އެމްޑީޕީ ހަރުގެ ކައިރިންނެވެ.