އެމްޑީޕީގެ ސައިކަލް ބުރު ހަވީރު އަދި ހިނގާލުން ރޭގަނޑު އުސްފަސްގަނޑުން

އަވަސް އިންތިޚާބަކަށް ގޮވާލުމަށާއި، އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ހިމެނޭ އެމްޑީޕީގެ ސައިކަލް ބުރު މިއަދު ހަވީރު އޮންނާނޭ ކަމަށާއި، ހިނގާލުން މިރޭ އޮންނާނެއެވެ.

އެމްޑީޕީގެ ސައިކަލް ބުރު މިއަދު ހަވީރު 4 ހަޖާއިރު އުސްފަސްގަނޑުން ފަށާއިރު، ހިނގާލުން ފެށޭނީ މިރޭ 10 ޖަހާއިރު އުސްފަސްގަނޑުން ފެށޭނޭ ކަމަށާއި، މި ސީދާ ހަރަކާތްތަކުގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލައެވެ.

އެމްޑީޕީން އިއްޔެ ވެސް ވަނީ ސައިކަލްބުރު ބާއްވާފައެވެ. އަދި ރޭ އެމްޑީޕީން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައި ސިލްސިލާކޮށް ބާއްވަމުން އަންނަ ހިނގާލުން ވެސް ބާއްވާފައެވެ.