އަވަސް އިންތިޚާބަކަށް ގޮވާލައި އެމްޑީޕީން ރޭ ވެސް ހިނގާލުމެއް ބާއްވައިފި

އެމްޑީޕީން ރޭ ބޭއްވި ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ:އަންޖު

އެމްޑީޕީން ރޭ ބޭއްވި ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ:އަންޖު

އަވަސް އިންތިޚާބަކަށް ގޮވާލުމަށާއި، އަނިޔާއާ ދެކޮޅަށް އެމްޑީޕީން ރޭ ވެސް ހިނގާލުމެއް ބާއްވައިފި އެވެ.

ރޭ 10.30 ގައި އުސްފަސްގަނޑުން ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ބަޣާވާތުގެ ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވައި، އަވަސް އިންތިޚާބެއް ބޭއްވުމަށާއި، އަނިޔާކުރުން ހުއްޓާލުމަށް ގޮވާފައި ވެއެވެ.

ރޭގެ ހިނގާލުމުގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭ އެމްޑީޕީން ހިނގާލުމެއް ބޭއްވި އިރު ބަޔަކު ވަނީ އާޓިފިޝަލް ބީޗަށް އެއްވެ ބަޣާވާތް ދިފާއުކޮށް ވާހަކަދައްކާފައެވެ.