އެމްޑީޕީގެ ސީދާ ހަރަކާތުގެ ހިނގާލުން އުސްފަސްގަނޑުން

އެމްޑީޕީން މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ކުރިޔަށް ގެންދާ “ސީދާ ކުއްލި ހަރަކާތު” ގެ ހިނގާލުމެއް މިރޭ އުސްފަސްގަނޑުން ފަށާނެއެވެ.

މިރޭ 10 ޖަހާއިރު ފަށާ މި ހިނގާލުމުގައި އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދޭ އަދި ތާއީދުކުރާ ފަރާތްތަކުން ހާޒިރުވުމަށް އެމްޑީޕީން އެދެއެވެ.