ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް
ގ. ކެނެރީގެ
މާލެ، ދިވެހިރާއްޖެ
މިނިވަންދުވަހުގެ މެސެޖް
ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާއި ފަރުދީ މަސަލަސްކަމާއި އިންސާނީ ކަރާމަތް އަބަދަށްޓަކައި ހިފަހައްޓާ، ނަގަހައްޓާ، ދެމެހެއްޓުމަށް ހިންމަތްކުރާ ދިވެހިރައްޔިތުންނަށް މިނިވަންދުވަހުގެ ތަހްނިޔާ ދަންނަވަމެވެ.
ދުނިޔޭގެ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެގޮތުގައި އޮތުމަކީ އަޅުގަޑުމެންގެ ފަޙުރެކެވެ. ހަމައެހެންމެ، ޤައުމީ މިނިވަންކަމުގެ އެންމެހާ ބަހާތަކުގެ ޙަޤީޤަތްތައް ޖީލުތަކަށްޓަކާ ކަށަވަރުވެ އޮތުމަކީ މިނިވަން ޤައުމެއްގެ ލާޒިމް ސިފައެކެވެ.
މަޢާފްކުރުމާއި އޯގާތެރިކަމާއިއެކު މުޢާމަލާތްކުރުމަކީ މިނިވަން ރައްޔިތަކު އަޅުވެތިކުރާނެ ސަބަބެއްކަމުގައި ނުވާނެ ޙަޤީޤީ ސިއްރަކީ އެއީ މާތްވެގެންވާ އިސްލާމްދީން ތަރުޙީބުދޭ އިންސާނިއްޔަތުގެ މަތިވެރި ސުލޫކުކަމުގައިވާކަމެވެ.
މިނިވަން ޤައުމަކަށްވުމަށް ބޭނުންވަނީ އެންމެ ވަޞީލަތެކެވެ. އެއީ މިނިވަންކަމަށް ލޯބިކުރާ މިހާރުގެ ދިވެހިރައްޔިތުންފަދަ ރައްޔިތެއް އެޤައުމަކަށް މިންވަރު ކުރެއްވުމެވެ.
މިނިވަން ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުން ލޮބުވެތި ރައްތިޔުންނަށް އަރިސްކުރަމެވެ.
26 ޖުލައި 2012
މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ