އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުގެ މެމްބަރ، އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓްމިނިސްޓަރ މުހައްމަދު މާހިރު އީސާ ( މާހިރުބެ ) އަށް ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމާއި ގުޅިގެން ހައްޔަރުކުރި ކުރުމަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ރައްޔިތުން ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ފުލުހުން ރާވާއިގެން ހިންގާ ގާނޫނު އަސާސީ އާއި ޚިލާފް އަމަލެއް ކަމަށް ގުޅިފައިވާ ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރާ މިދާއިރާ ތަކުގެ މެމްބަރުން ދެކެމެވެ.
މީގެއިތުރުން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ރައްޔިތުންގެ ވަކީލުން ހައްޔަރުކޮއްގެން ތަހުގީގަށް ގެންދާއިރު ބިޑިއަޅުވައިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަނޑު ހުރަސްކުރުމާއި ކޯޓައްހާޒިރު ކުރާއިރު ބަންދުކުރެވިފައިވާ 4 ފުރޮޅުލީ އަނދިރި ކޮށިގަނޑެއްގައި ގެނެސް ގެންދިއުމާއި މީހުން މަރާމީހުނާއި (ލޯޔަރު ނަޖީބު ގާތިލުފަދަ”) މުޖުތަމައުއަށް ނުރައްކާތެރި ލޭގެހުރުމަތް ކެނޑިފައިވާ މުޖިރިމުން ފިނިކޮށްފައިވާ ރީތި ކާރުތަކުގައި ކޯޓުތަކަށް ގެންގޮސް ފުލުހުންގެ ފިނިކޮޓަރިތަކުން ހިދުމަތްދިނުން ފަދަ ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރެވެއެވެ އަދި މި ތަފާތުކުރުން ގުޅިފައިވާ ރައްޔިތުންމަޖިލީހުގެ މިދާއިޜާތަކުން ހަރުކަށިއިބާރާތުން ކުއްވެރިކުރަމެވެ.
އަދި ގާނޫނު އަސާސީގެ 29 ވަނަމާއްދާއިން ލިބިދީފައިވާ މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރުމަށް ރައްޔިތުންނަށް ހުރަސް އަޅާ، ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި 30 އަހަރުގެ ވެރިކަމުގެ ހުދުމުހުތާރު ފުލުސްކޯޓު ސިފަވާގޮތަށް ކުރަމުންގެންދާ މަސައްކަތް ހުށްޓުވާ ފިޔަވަޅުއަޅާދިނުމަށް ޕުރޮސެކިއުޓަރ ޖެނެރަލްއާ ސްޕްރީމްކޯޓުގެ އުއްތަމަފަނޑިޔާރަށް ގޮވާލަމެވެ..
ފެބުރުއަރީ 7 ވަނަދުވަހު ހެނދުނު ސަހީދުއަލީ ބިލްޑިންގު ކުރިމަތީ ފުލުހުން ގެ ބަޔަކު ސްޓޭޓްމިނިސްޓަރ މުހައްމަދު މާހިރު އީސާ ( ރައީސް ނަޝީދު ސަރުކާރު ސްޓޭޓް މިނިސްޓާރު ) ގެ ގައިކޮޅުގައި ކޮޅުފައިންޖަހާ “ޖެކީޗަން ގެ ނުވަތަ “ޖިއޮގްރަފީ ޗެނަލްގެ މަންޒަރެއް” ސިފަވާގޮތަށް ލާއިންސާނީ އަނިޔާ ދިންމައްސަލައިގެ ދައުވާ ވަގުތުން އުފުލުމާ މި މައްސަލަ ބަލާދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށާ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް ގޮވާލަމެވެ.
25ޖުލައި 2012
ބަޔާން ނެރުނީ:
: ޢަލީ ރިޒާ (މިލަންދޫ ދާއިރާގެ މެމްބަރު)
: މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)
—
ނޫސްބަޔާނުގައި ލިންކުކޮށްފައިވާ، މުޙައްމަދު މާހިރު ޢީސާ (މާހިރުބެ)ގެ ގައިގައި ފައިންޖަހާ މަންޒަރުގެ ޔޫޓިއުބް ވީޑިއޯ: