ގުޅިފައިވާ ނޫސްބަޔާން
ރާއްޖެ ޓީވީ އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް ބުނެ، ބަޔާނެއް ނެރުމަކީ ރައްޔިތުންގެ އަޑުކަނޑުވާލާ މުޖުތަމަޢުގެ ހައްޤުތަކަށް އަރައިގަތުމަށް ފުލުހުން ދެއްކި އިތުރު ހުއްޖަތެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ.
މީގެ އިތުރުން ފުލުހުންގެ ގަދަރާއި ހުރުމަތް ކެނޑި ، ފުލުހުންގެ ޚިދުމަތާ މެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދިފައިވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިންގި ބަޢާވާތުން ދިވެހިރާއްޖޭގެ އިންތިހާބީ ވެރިކަން ވާއްޓާލާ އެކަން ފޮރުވުމަށް ހިންގަމުންދާ ގާނޫނާހިލާފު އަމަލުތަކު ގެސަބަބުންކަމުގައިވެސް ދެކެމެވެ.
ފުލުހުންގެ މުއައްސަސާއިން ރައްޔިތުން ގެމެދުގައި ތަފާތުކޮށް ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނީ ވަކިބަޔަކަށް ސިޔާސީ ފައިދާއެއް ހޯދައިދިނުމުށް ކަމުގައިވެސް ދެކެމެވެ. މި އަމަލުތަކަކީ ފުލުހުންގެ ޕްރޮފެޝަނަލް ހަމަތަކާއި މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ފުލުހުން އަމަލުކުރާ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމުގައިވެސް ދެކެމެވެ.
ފުލުހުންގެ އިދާރާއިން ދިވެހިދައުލަތުގެ ވަކިޖަމާއަތަކަށް ނުވަތަ ވަކިބަޔަކަށް ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ދޭންޖެހޭ ހިމާޔަތާ ، އަދާކުރަން ޖެހޭ ގާނޫނީވާޖިބުން އެކަހެރިވާން ނިންމި ނިންމުމަކީ ދެވަނަ ބޮޑުހަނގުރާމައިގައި އެޑޮލްފް ހެޓިލަރުގެ އޭނާގެ ނާޒީ ޖަމާއަތުން ވަކި ނަސްލެއްނައްތާލަން އިޢުލާނުކުރި އިޢުލާންކުރުންފަދަ އަމަލެއްކަމުގައި ދެކެމެވެ. ވީމާ މިނިންމުން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނެސް ސިފައިންގެ ވެރިޔާ މުހަންމަދުވަހީދުގެ މައްޗަށް ވަގުތުން ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނަރަލްއަށް ވެސް ގޮވާލަމެވެ .ވީޓީވީ ދިޓީވީ އިން ފުލުހުންނާ ސިފައިންނާދިމާއަށް އަލިފާން ބޯޅައުކާ އަލިފާން ރޯކޮށް މަރަން ގޮވިއިރު އެއްވެސް ސަމާލުކަމެއްނުދީ ހަމައެކަނި މާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެންގި އެންގުމަކީ ވަކިބައެއްގެ ނުފޫޒަށް ތަބާވުންކަންކަމުގައިވެސް ދެކެމެވެ. އެ ގޮތުން އިއްޔެ އިން ފެށިގެން ތިން ދުވަސް ވަންދެން، މާފަށް އެދުމުގެ ބަޔާނެއް ރޭގަނޑުގެ ކޮންމެ ޚަބަރެއްގައި، އެ ޗެނަލުން ބްރޯޑްކާސްޓް ކުރުމަށް އެންގި އެންގުމަކީ އަޅުވެތިކުރުން ފަދަ އަމަލެއް ކަމަށްވެސް ދެކެމެވެ
ބަޔާން ނެރުނީ:
:މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
:މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)