ނޫސްބަޔާން: ކ. ކާށިދޫގައި ފުލުސް އޮފިސަރަކަށް ރަހުމްކުޑަގޮތަކަށް ހަމަލާދީ މަރާލުން ކުށްވެރިކުރުން

ކ. ކާށިދޫގައި ފުލުސް އޮފިސަރަކަށް ރަހުމްކުޑަގޮތަކަށް ހަމަލާދީ މަރާލުން ކުށްވެރިކުރުން

ކާށިދޫގައި ޖުލައި 22 ވީ އާދިއްތަ ދުވަހު ރޭގަނޑު ދަންވަގުތެއްގައި ފުލުހެއްގެ ގަޔަށް އަނިޔާވެރި ގޮތަކަށް ވަޅިއެއް ހަރާލާ މަރާލާފައި ވާތީ، މިކަން އެމް.ޑީ.ޕީ ކާށިދޫ ދާއިރާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

.އަދި މިހާދިސާއާއި ގުޅުވައިގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ މަގްސަދު ހާސިލްކުރުމަށްޓަކައި ކުރަމުން އެގެންދާ މަސައްކަތަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެމްޑީޕީ ކާށިދޫ ދާއިރާއިން ދެކެވެ. އަދި މިމައްސަލަ ރަނގަޅަށް ތަހުޤީޤުކޮށް މިއަނިޔާވެރި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެމްޑީޕީ ކާށިދޫ ދާއިރާއިން ހަރު އަޑުން ގޮވާލަމެވެ.

އަދި މަރްހޫމް އާދަމް ހަލީމަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް ލެއްވުމަށާއި، މަރްހޫމްގެ އާއިލާ އަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ކާށިދޫ ދާއިރާގެ ރައީސް