ނޫސްބަޔާން: ފުލުސް އޮފިސަރަކަށް ރަހުމްކުޑަގޮތަކަށް ހަމަލާދީ މަރާލުން ކުށްވެރިކުރުން

MDP-2012-PR-ނަންބަރު: 73
ތާރީޚް: 23 ޖުލައި 2012 (ހޯމަ)

ފުލުސް އޮފިސަރަކަށް ރަހުމްކުޑަގޮތަކަށް ހަމަލާދީ މަރާލުން ކުށްވެރިކުރުން.

ރޭގެ ވަގުތެއްގައި ކ. ކާށިދޫގައި ފުލުސް އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަގޮތަކަށް މަރާލި މަރާލުން އެމް ޑީ ޕީން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ފުލުހުންގެ ލާންސްކޯޕްރަލް އާދަމް ހަލީމް 26، އަށް ހަމަލާދީ މަރާލި ބަޔެއް ހޯދައި ދެވެން އޮތް އެއްމެ ހަރުކަށި އަދަބެއްދިނުމަށް ކަމާބެހޭފަރާތްތަކަށް މިޕާޓީން ގޮވާލަމެވެ. އަދި ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް އިތުރުކޮށް ސަލާމަތްވެށްޓެއް ގާއިމުކޮށްދިނުމަށް އަމަން ބަލަހަށްޓާ ފަރާތްތަކަށް ގޮވާލަމެވެ.
އަދި މަރްހޫމް އާދަމް ހަލީމަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް ލެއްވުމަށާއި، މަރްހޫމްގެ އާއިލާ އަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. އަދި ހަލީމް ގެ އާއިލާ އަށާއި މުޅި ދިވެހި ގައުމަށް ލިބިގެން މިދިޔަ ފުން ހިތާމައިގައި މިޕާޓީން ބައިވެރިވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
3340044