ތަހުނިޔާ: ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވުން


ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް
ގ. ކެނެރީގެ
މާލެ، ދިވެހިރާއްޖެ

ބަރަކާތްތެރި ރޯދަމަހުގެ ތަހްނިޔާ

ބަރާކާތްތެރި ރޯދަމަހަކީ މުޅި އިންސާނިއްޔާތުގެ ދުނިޔެވީ ހަމަތަކާއި އުޚުރަވީ އަރުތަ ޝާމިލުވެގެންވާ މާތް މައްސަރެވެ.
.
ހިތްވަރާއި ޢަޒުމާއި ކެތްތެރިކަމާއި ނަޞްރާއި ކާމިޔާބުގެ ދަންމަރުތަކުން ދުނިޔެ އުޖާލާކުރުވި މަސްވަރެވެ. އަތްދަތިކަމާއި ހިތްދަތިކަމުން އާދައާއި ޚިލާފު އުޖާލާ ފަތިހެއް ހޯއްދުމަށް ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ. ބަރަކާތްތެރި ރޭތަކުގެ މަސްސަރެވެ. 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހާ ދިވެހިންނަށާއި ހުރިހާ މުސްލިމުންނަށް އަޅުގަނޑު ދަންނަވަމެވެ.

އަޅުގަނޑުއެދެނީ މިމަހުގެ ރުއްސެވުމާއި ފުއްސެވުމާއި ކާމިޔާބު އޭގެ އެންމެ ފުރިހަމަގޮތުގައި މިންވަރުކުރެއްވުމެވެ.

19 ޖުލައި 2012
މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ