ނޫސް ބަޔާން
ސްޓެލްކޯއަށް ސަރުކާރުން ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއްގެ ކަރަންޓްބިލްތައް ނުދައްކައި ސްޓެލްކޯގެ ނަމުގައި 50 މިލިއަން ރުފިޔާގެ އޯޑީއެއް ނެގުމަކީ ސްޓެލްކޯ ބަނގުރޫޓުކޮށްލުންކަމުގައި ދެކެމެވެ. އަދި ބޭންކު އޮފް މޯލްޑިވްސްއަކީ އާއްމު ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮންނަ ބޭންކަކަށްވެފައި އާއްމު ވިޔަފާރިވެރިންނަށް ލޯނާއި އޯޑީ ފަދަ ހިދުމަތްތައް ދޫކުރަން ހުންނަ ފައިސާ ސަރުކާރުގެ ރިކަރަންޓު ހަރަދުތައް ފޫބެއްދުމަށް ނެގުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ގިނަ ދުވަސްވީ ވިޔަފާރިތައް ހިންގާ ކަސްޓަމަރުން ބަނގުރޫޓުކޮށްލައި ކަސްޓަމަރުންގެ ހައްގުތަކަށް އަރައިގަނެ ދައުލަތުގެ ހަޒާނާ ލޫޓުވުން ކަމުގައި ދެކެމެވެ.
އަދި މީގެ ސަބަބުން ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ އުފުލެމުންދާ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރަށް ލޯނުގޮތުގައި ފައިސާ ދޫނުކުރުމަށް ބޭންކުއޮފް މޯލްޑިވްސް އަށާއި އެމްއެމްއޭގެ ގަވަރުނަރަށް ގޮވާލާ ހިނދު މާލިއްޔަތު ޤާނޫނާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް މަކަރާއި ހީލަތުން ބޭންކު އޮފް މޯލްޑިވްސް އިން ނަގާފައިވާ 300 މިލިއަން ރުފިޔާގެ މައްސަލަ އެންޓި ކޮރަޕްޝަން ކަމިޝަނުން ބެލުމަށްވެސްގޮވާލަމެވެ.
18 ޖުލައި 2012
ބަޔާން ނެރުނީ : މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)