ރ. އަލިފުށި ދާއިރާ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އާއި ބެހޭ

MDP/2012-031

ރ. އަލިފުށި ދާއިރާ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އާއި ބެހޭ.

ރ.އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށި ދާއިރާގެ ގޮނޑިޔަށް މިޕާޓީގެ ޓިކެޓްގައި ވާދަކުރާނޭ ކެނޑިޑޭޓަކު ހޯދުމަށް ބާއްވާ ޕްރައިމަރީ ޖުލައި 24 ވާ ހޯމަދުވަހު ބާއްވާ ގޮތަށް މިޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ރ.އަލިފުށި ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 22 ޖުލައި 2012 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން 50 މީހުންގެ ތާއީދު ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 24 ޖުލައި 2012 ވާ އަންގާރަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.

ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

17 ޖުލައި 2012

-ސެކްރެޓޭރިއަޓް –