އެމްޑީޕީ އައްޑޫ ސިޓީ ފޭދޫގެ އަންހެން އެކްޓިވިސްޓް ދޫކޮށްލުމަށް ގޮވާލަން


ވަގުތުން ނެރުމަށް
ތާރީޚް : 15 ޖުލައި 2012 (އާދީ )

ނޫސްބަޔާން

ފުލުހުން މިއަދު 15 ޖުލައި 2012 ވީ އާދީއްތަ ދުވަހު 11 ޖަހަނިކޮށް ސ.ފޭދޫ ކީރަންމާގެ އަށް ވަދެ ރަޙުމާ ޢަބްދުﷲ (21 އަހަރު ) ވަނީ ބިޑިއަޅުވައިގެން ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފަ އެވެ. އަދި ހަމަ އެއާއެކު ރަޙުމާވަނީ މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންގޮސް 10 ދުވަސް ޖަހާ ޕޮލިހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައެވެ. 14 ޖުލައި 2012 ވީ ހޮނިހިރު ދުވަހުފެ ރޭ ރަޙްމާ ޓީވީ ޚަބަރު ބަލަން އެމްޑީޕީ އޮފީހުގަ ހުއްޓާ ޕޮލިހުންވަނީ ރަޙްމާ އަށް އަނިޔާކޮށް ،މުގުރުން ޖަހާ ލޮލަށް ،މޫނަށް ޕެޕަރ ސްޕްރޭވެސް ޖަހާފައެވެ.އަދި އެމީހުންގެ ޢާއްމު ބަހުރުވައިން ރަޙުމާ އާ ދިމާލަށް އެއްޗިހި ކިޔާފައެވެ. ރަޙްމާގެ ޙާލަތު ޕެޕަރ ސްޕްރޭ ޖެހުމުން ގޯސް ވުމުގެ ސަބަބުން ރަޙުމާ ހަމަ ވަގުތުން ފޭދޫ ހެލްތު ސެންޓަރަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާ ދެވެނެވެ،އަދި ޑޮކްޓަރ ލަފާ ދެއްވީ ރަޙުމާގެ ލޮލޮަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި ކަމަށެވެ. އެހެންނަމަވެސްް ފޭދޫ ހެލްތު ޕޯސްޓުން ރަޙުމާ ދޫކޮށްލި އިރު ރަޙުމާގެ ސަމަރީ ރިޕޯރޓް ) އެތަނުން ވަނީ ނުދީފައެވެ. ރަޙުމާ ރިޕޯރޓް ދިނުމަށް އެދުމުން އެތަނުން އެންގީ މިއަދުގެ ވަގުތެއްގައި ލިބޭނަކަމަށެވެ. ނަމަވެސް މިއަދު ދިއުމުންވެސް ވަނީ ނުލިބިފައެވެ. އެތަނުގެ ސްޓާފެއްގެ ފަރާތުން އެނގުނު ގޮތުން ރިޕޯރޓް ނުލިބުނީ ޕޮލިހުން އެތަނަށް ގޮސް އެ ރިޕޯރޓް އިހަށް ނުދީ މަޑުކޮށްލާށޭ ބުނެގެންނެވެ. ރަޙުމާ ހައްޔަރު ކޮށްފައިވަނީ ހެލްތު ޕޯސްޓުން ދޫކުރިތާ 10 ގަޑި އިރުވެސް ނުވަނީސް އެވެ. އެހެންކަމުން އެމްޑީޕީ ފޭދޫ ދާއިރާގެ އަންހެނުންގެ ރޫޙުންނާ އަދި ފޭދޫ ދާއިރާގެ ފަރާތުން މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އަންހެނުންނަށް އަނިޔާ ނުކުރުމަށާއި ހައްޔަރު ކުރާއިރު ޖިންސީ ގޯނާ ނުކުރުމަށް ގޮވާލާ ރަޙުމާ ވަގުތުން ވަގުތަށް ދޫކޮށް ލުމަށް ގޮވާލަމެވެ. އަދި ފުލުހުންގެ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހައްޔަރު ކޮށްފައިވާ ރަޙުމާ އާއި އެހެނިހެން ބައިވެރިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީ ފޭދޫ ދާއިރާ އިންނާ އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވާލަމެވެ.

ބަޔާން ނެރުނީ : ފޭދޫ އެމްޑީޕީ އޮފީސް/ އައްޑޫ ސިޓީ- އަދި ފޭދޫ އަންހުނެނުންގެ ރޫޙް