އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (5)

ނޫސްބަޔާން

ދިވެހިރައްޔިތުން އިންތިހާބު ކޮށްފައިވާ ގާނޫނީ ވެރިކަން ބަޢާވާތަކުން މއ ޔޫރޭކާ މުހަންމަދު ވަހީދު ހަސަންމަނިކު އާއި ފުލުހުން ގެ ހިދުމަތުން ވަކިކޮއްފައިވާ ބަޔަކާ ގުޅިގެން ފުލުހުންގެ މަދުބަޔަކު ގެނައި ބައާވާތާ ދެކޮޅަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އިން ރައްޔިތުންނަށް ލިބިދޭ ބާރުގެ ބޭނުންހިފައި ރައްޔިތުން ކުރިއައް ގެންދާ މުޒާހަރާގެ ތެރެއަށް ފުލުހުންވަދެ ސުލުހަވެރިކަން ނަގާލާ ހަލަބޮލިކޮށް ރައްޔިތުންގެ ފަހަތުންދުވެ ތަކުރާރުކޮށް ކޮންމެރެޔަކު ހިންގަމުންދާ ލާ އިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 32 ވަނަމާއްދާއިން ލިބިދޭ ހައްގުގެ ބޭނުންކޮށް ސުލްހަވެރިކަމާއި އެކު މުޒާހަރާގައި ބައިވެރިވި 21 އަހަރުގެ އައިމިނަތު އަރީޖު ހުސައިންގެ ގަޔަށް އަތްލައި އޭނާއަށް އަނިޔާކޮށް މަޖީދީމަގުގެ މެދުގައި އާންމުންގެ ތެރޭގައި ހެދުން ވީދާލާ އޮރިޔާންކޮށް އިންސާނީ ކަރާމާތަށް އަރައިގަނެ، މުޒާހަރާގައި ތިބި އެތައް ބަޔަކަށް އަނިޔާދީ ހައްޔުރުކުރި މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. ގާނޫނު އަސާސީގެ 223 ވަނަ މާއްދާ ގެ (ނ) ޖިނާއީ ކުށެއް ކޮއްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖެ ކޮންމެ ކޯޓެއްގައި ދައުވާ ކުރުމުގެ ބާރުލިބިދީ ފައިވީ ހިނދު ދައުލަތު 3 ބާރުގެ ތެރޭން ވެރިކަން ހިންގުމުގެ ބާރުން ފުލުހުންގެ މުއައްސަސާ ބޭނުންކޮށް ވަކި ފަރުދުންނަށާއި ޖަމާއަތުގެ ހައްގުތަކަށް އަރައިގަނެ ގާނޫނު އަސާސީއާއި ހިލާފުވާ މައްސަލަތަށް ބަލާ ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލަށް ގޮވާލަމެވެ.

ގާނޫނު އަސާސީގެ 189 ވަނަ މާއްދާގައި ބަޔާންކޮއްފައިވާ ” ހިއުމަންރައިޓްސް ކޮމިސަނުގެ މަސްއޫލިއްޔަތަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ،ކުރިއެރުވުމާއި އެހައްގުތައް ހޯދައިދިނުމަށް ކަމަށްވީހިނދު އަދި ދިވެހިރައްޔިތުންގެ ހައްގުތަކަށް ފުލުހުންނާއި އެކި ދައުލަތުގެ މުއައްސަސާތަކުން ހުރުމަތްތެރިކޮށް ހިތާމިންވަރު ބަލައިވަޒަންކުރުން ކަމަށް ވީ ހިނދު ބުނެވިދިއަ މަސް އޫލިއްޔަތު އަދާކުރުމުގައި ގާނޫނުއަސާސިގެ 197ވަނަ މާއްދާގެ (ށ) ގެ ހ ގައި ބަޔާންކޮއްފައިވާ ހާލަތު އެކޮމިސަނަށް މެދުވެރިވެފައިވާކަމަށް ގަބޫލުކުރެވޭހިނދު މަސްއުލިއްޔަތު އަދާނުކުރެވޭ ބޭފުޅުނަށް ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އެޅުމުގެ ކުރިން އިސްތިއުފާ ދިނުމަށްވެސް ގޮވާލަމެވެ.

14 ޖުލައި 2012

ބަޔާން ނެރުނީ : މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު
:ތިނަދޫ ދާއިރާގެ މެނަބަރު މުހައްމަދު ޤަސަމް
:ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު
:ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
:މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިޤު
:މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
:މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
:މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް