އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ އަލްއުސްތާޛާ ހިސާން ހުސައިން އާއި ސީދާ ހަރަކާތުގެ އެހެން ބައިވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލުން

އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ އަދި އެމްޑީޕީ އޭދަފުށީ ދާއިރާގެ ރައީސާ އަލްއުސްތާޛާ ޙިސާން ހުސައިން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ހިފައި ހައްޔަރުކޮށްފައި ވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީ ކަމާއި، ކެބިނެޓް ސެކްރެޓަރީ ކަމުގެ މަސްއޫލިއްޔަތު ވެސް އުފުއްލަވާފައިވާ އަދި އެމްޑީޕީގެ ގާނޫނީ ޓީމުގެ މެންބަރު ހިސާން ހައްޔަރުކޮށްފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، އޭނާ މާލެވަޑައިގެން އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ދުވަހު، އިހުތިޖާޖުގެ ބައިވެރިންނާ މުޚާތަބުކޮށް އޭނާ ވާހަކަދެއްކެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށް ވުމުން ފުލުހުންގެ މި އަމަލަކީ ދުރާލައި ރާވައިގެން ސީދާ އޭނާ ހައްޔަރުކުރުމަށް ހީލަތްތެރި ރޭވުމެއްގެ ދަށުން ހިންގާފައިވާ ފިނޑި އަމަލެއް ކަމަށް މި ޕާޓީން ދެކެމެވެ.

އެހެން ކަމުން އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ ހިސާން އާއި ފުލުހުންގެ ހައްޔަރުގައި ތިބި ސިދާ ހަރަކާތުގެ ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
3340044