ވަގުތުން ނެރުމަށް
ތާރީޚް : 14 ޖުލައި 2012 (ހޮނިހިރު )
ނޫސްބަޔާން
އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސެލަރ އަޙްމަދު މިރުޒާދު އަދި އެމްޑީޕީގެ އެހެނިހެން މެމްބަރުން ޚަބަރު ބަލަން އެމްޑީޕީ އޮފީސް ކައިރީ ތިއްބާ ފުލުހުން އައިސް އެސަރަޙައްުދު އެމީހުންގެ ޙިމާޔަތުގެ ދަށަށް ގެންގޮސް އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްގެން ވަރަށް އަނިޔާވެރިކަމާ އެކު ހިފައި ހައްޔަރުކޮށް ،ބައެއް މެމްބަރުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައި، އަދި ބައެއް މެމްބަރުންގެ ގައިގައި ކަޓަރު އަޅައި، އިދިފުށަށް ބިޑި އަޅުވައި، އެމީހުންގެ ވެހިކަލްތަކުގެ ތެރެއަށް އެއްލާލައި، އަދި މީގެ އިތުރުން ނިކަމެތި އަންހެނުން ނަގާ ބިންމައްޗަށް އެއްލާލާައި، އެމީހުންގެ ލޮލަށް ޕެޕަރސްޕްރޭކޮށް މި ފަދަ އަނިޔާވެރި ޢަމަލު ހިންގާފައިވާތީ، މި ޢަމަލުތައް މިދާއިރާއިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުަރަމެވެ.
މީގެ އިތުރުން އެމީހުން ވަނީ މިއަދުގެ ވަގުތެއްގައި ކޯޓަށް ޙާޟިރުކޮށް ފަ އެވެ. އަދި ފުލުހުން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހައްޔަރުކޮށްފައިވާ އަޅުގަނޑުމެންގެ އެއްވެސް ކުށެއްނެއް ކައުންސެލަރާއި މިނޫންވެސް ހުރިހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް މިދާއިރާއިން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ފޭދޫ ދާއިރާ/ އައްޑޫ ސިޓީ