އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ގޮފީގެ ރައީސާ އާއި އެހެން ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 62
ތާރީޚް: 13 ޖުލައި 2012 (ހުކުރު)

އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ގޮފީގެ ރައީސާ އާއި އެހެން ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލުން

އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެ ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރަމުންދަނިކޮށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސާ އަދި އެމްޑީޕީގެ މީޑިއާ ކޮމިޓީގެ ނައިބު މުގައްރިރު އާމިނަތު ޝައުނާ ހާލަތާއި ނުބައްދަލު، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ވަރަށް އަނިޔާވެރިކަމާ އެކު، ހިފައި ހައްޔަރުކޮށްފައި ވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ޝައުނާގެ އިތުރުން ވެސް އަވަސް އިންތިޚާބަކަށް ގޮވާލައި އިހުތިޖާޖުކުރަމުން ގެންދިޔަ ބައެއް އަންހެން ކަނބަލުންނާއި، މި ޕާޓީގެ އެކި މަގާމްތަކަށް އިންތިޚާބުވެފައިވާ ފަރާތްތަކާއި އާންމު ފަރާތްތައް އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެހެން ކަމުން އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ، މި ޕާޓީގެ ޒުވާނުންގެ ހިއްވަރުގެ ރައީސާ އާމިނަތު ޝައުނާ އާއި އެނޫން ވެސް ހުރިހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ (އިންތި)
އެމްޑީޕީގެ ސްޕޯކްސްޕާސަން
7777852