މަދަނީ އަދި ސިޔާސީ ހައްގުތައް ނެތިގެއްލިދިއުމުގެ ބިރު ދިވެހިރާއްޖޭގައި – އެމްޑީޕީ

7 ފެބްރުއަރީ ގައި ބަޣާވާތަކުން ވެރިކަމަށް އައުމަށް ފަހު، ރޭވުންތެރި އުކުޅެއްގެ ތެރެއިން ދިވެހިރާއްޖޭގެ މަދަނީ އަދި ސިޔާސީ ހައްގުތައް ނެތިގެއްލުވާލުމުގެ އަމަލު ހިންގަމުން ގެންދާ ކަމަށް ބުނެ ޑރ. ވަހީދުގެ ބާޣީ ސަރުކާރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިއަދު ކުއްވެރިކޮށްފިއެވެ.

މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް) އަށް ބޯލަނބާތޯ ބެލުމުގެ ޒިންމާ އުފުލާ ގުނަންކަމުގައިވާ ޖެނީވާގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީއަށް އެމްޑީޕީން ހުށަހެޅި ރިޕޯޓުގައި މިދިޔަ 72 ގަޑިއިރުގެ ތެރޭގައި ޑިމޮކްރަސީއަށް ތާއީދުކުރާ ސުލްހަވެރި ފަރާތްތަކުގެ މައްޗަށް އަތްގަދަކޮށް، އަނިޔާވެރިކަމާއެކު ފުލުހުން ހިންގާ އަމަލުތަކުގައި މަޖިލިސް މެންބަރުންނާއި ނޫސްވެރިން ހިމެނޭގޮތަށް އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް އެމްޑީޕީން ފަހަގަކޮށްފައިވެއެވެ.

“މަދަނީ އަދި ސިޔާސީ ހަގުތައް ނެތިގެއްލިދިއުމުގެ ބިރު ފެންނަމުން މިދަނީ. ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން ކުރިމަތިން މިފެންނަނީ ފުލުހުން ޒިނަމާވާންޖެހޭ، އެފަރާތުން ކުރަމުންގެންދާ އިންސަނީ ހައްގުތަކާ ޚިލާފު އަމަލުތައް. އެހެނަސް، މިކުށްތައްކުރާ އެއްވެސް ފަރަތަކީ ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭބައެއްކަމުގައެއް ނުވޭ – މިބާވަތުގެ ކުށުގެ މައްޗަށް ޝަރުއީ ހަމައެއް އިންސާފެއް މިވަގުތު ނެތް.” އެމްޑީޕީގެ ބައިނަލްއަގުވާމީ ތަރުޖަމާނު ހާމިދު އަބްދުލް ޤަފޫރު ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސްމަސްދުވަހުގެ ތެރޭގައި ޑިމޮކްރަސީ އަނބުރާ ގާއިމްކުރުމަށާއި، އަވަސް އިންތިޚާބަކަށް ގޮވާލާ އެތައް ސަތޭކަ ރައްޔިތުންނެއް ސުލަހަވެރިކަމާއިއެކު މަގުމައްޗަށް ނިކުމެފައިވެއެވެ. މިނިކުތުންތަކަށް ފުލުހުން ޖަވާބުދީފައިމިވަނީ އިންތިހާއީ އަނިޔާވެރިކަމާއެކު، އިހުތިޖާޖީން ގައިގައި މުރުން ތެޅުމާއި، ޕެޕާރ ސްޕްރޭ ބޭނުންކުރުމާއި، އަދި ތުހުމަތުކުރެވޭގޮތުގައި ހުސްއަތާތިބި އިހްތިޖާޖީންނާ ދެކޮޅަށް ރަބަރު އުންޑަބޭނުންކުރުމުގެ ހަރަކާތްތަކަކުންނެވެ. ސަތޭކައަށްވުރެ ގިނަ އިހްތިޖާޖީން ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރުމުގެ ތެރޭގައާއި ބަންދުގައި ބައެއް އިހްތިޖާޖީންނަށް ފުލުހުން ލާއިންސާނީ އަނިޔާއާއި ގޯނާކޮށްފައިވާކަމަށްބުނެ އެމީހުން ފުލުހުން ކުއްވެރިކުރެއެވެ. މިދިޔަ ބުދަ، ބުރާސްފަތި ދެދުވަހު، ހާއްސައެހީއަށް ބޭނުންވާ ދެއަންހެނުން ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ހަރުކަށިކަމާއި އަނިޔާވެރިކަމާއެކު އެއްވުންތައް ފުލުހުން ރޫޅާލާފައިމިވާ ކޮންމެ ފަހަރަކުމެ އިހްތިޖާޖީން ތިބީ އިހްތިޖާޖުކުރުމަށް ގަވާއިދުން ހުއްދަކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައިކަން ފާހަގަކުރެވެއެވެ. ހުކުރުވިލޭރެއާއި ހުކުރުދުވަހުގެ ފަތިހުގެ ވަގުތުގައި ބައެއް އިހްތިޖާޖީން ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. މީގެތެރެއިން އެކެއްގެ ހާލު ވަރަށް ނާޒުކެވެ. އޭނާ މިވަގުތުވެސް އޮތީ އައިސީޔޫގައެވެ.

ބުރާސްފަތިދުވަހު މެންދަމުން އަނބުރާ 2:00 ހާއިރު އިންސާނީ ހައްގުތަކާއިބެހޭ ދިވެހިރާއްޖޭގެ ކުރީގެ އެމްބެސެޑަރ މުހައްމަދު ލަތީފް ގައިގައި ފުލުހުން ތެޅުމަށްފަހު ހައްޔަރުކޮށްފައިވެއެވެ. އަދި، ހަމަ އެރޭގެ 2:30 ހާއިރު ފުލުހުން މުގުރުން ހަމަލާދިން އިހްތިޖާޖީންގެ ތެރޭގައި މަލޭގެ އިންތިހާބީ މޭޔާރ މައިޒާން އަލި މަނިކު ހުންނެވިއެވެ. މީގެއިތުރުން، “އިސްލާމްދީން ދިފާއު”ކުރުމުގެ ނަމުގައި މަޖިލިސް މެންބަރު މާރިޔާ ދީދީއަށް މަރުގެ އިންޒާރުތައް ސޯޝަލް މީޑީޔާގައި ޓުވިޓަރ އެކައުންޓް @MNDF_MPS ގެދަށުން ދީފައިވެއެވެ. އިތުރު އެހެން މަޖިލީހުގެ މެންބަރުންނަށް ޕެޕަރސްޕްރޭއިން ވަރަށް ގާތުން ހަމަލާދީ، ޝީލްޑުން އެބޭފުޅުންގެ ގައިކޮޅަށް ހަމަލާދީފައިވެއެވެ.

ފުލުހުން ތަކުރާރުކޮށް ނޫސްވެރިންނަށް އަމާޒުކޮށް ދެމުންގެދާ ހަމަލާތައްވެސް ހާމިދު ކުށްވެރިކުރައްވައެވެ. “އިދިކޮޅު ޚަބަރުގެނެސްދިނުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތައް އެމްޑީޕީން ވަރަށް ކަންބޮޑުވުމާއެކު އެމްޑީޕީން ފާހަގަކުކުރެއެވެ.” މިގޮތުން، މިދިޔަ ބުދަދުވަހުގެ އިހްތިޖާޖުތަކުގައި ފުލުހުން މުގުރުން ހަމަލާދިން އެއްވަގުތު ރާއްޖެޓީވީގެ ކެމެރާމަން އަހްމަދު ޝަނޫންއަށް އަނިވެ، ހޭނެތިގެން ބިންމަށްޗަށް ވެއްޓިފައިވެއެވެ. އަދި، ރައްޖެޓީވީގެ ހަބަރާބެހޭ އިސްފަރަތްކަމުގައިވާ އަސްވާޑް އިބްރާހިމް ވެސް ފުލުހުން ވަރަށް އަނިޔާވެރިކޮށް ހައްޔަރު ކޮށްފައިވެއެވެ.

ރާއްޖެޓިވީގެ ނޫސްވެރިންނާއި މުވައްޒަފުންނަށް އަންނަމުންދާ މަރުގެ އިންޒާރުތަކުގެ ސަބަބުން މިދިޔަ ހުކުރުވިލޭރޭ ރާއްޖެޓީވީން އިހްތިޖާޖުތައް ވަގުތުން ދެއްކުން މެދުކަނޑާލާފައިވެއެވެ. ރާއްޖެޓީވީގެ ޑެޕިޔުޓީ ސީއީއޯ ޔާމީން ރަޝީދު ވިދާޅުވަނީ، “ރާއްޖެޓީވީގެ ނޫސްވެރިންނަށާއި އޮފިޝަލުންނަށް މަރުގެއިންޒާރު ފުލުހުން ދީފައި” ވާކަމަށެވެ. އަދި، ރާއްޖެޓީވީގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ބަޔާންކުރަނީ، “ރޭގެ އިހްތިޖާޖު ވަގުތުން ހަބަރުކުރަމުން ގެންދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާގަޔަށް ޕެޕަރސްޕްރޭ ފުލުހުން ޖަހާފައިވޭ އަދި ކާކުކަންނޭންގޭ ބަޔަކު ރައްޖެޓީވީ ސްޓޭޝަނަށް ހަމަލާދޭނޭކަމުގެ އިންޒާރު ފޯނުގެޒަރިއްޔާއިން ދީފައި” ވާކަމަށެވެ.

އިންސާނީ ހައްގުތަކާބެހޭ ޖެނީވާގެ ކޮމިޓީގައި ސަރުކާރުން ހިންގާފައިވާ އިންސާނީ ހައްގުތަކާހިލާފު އަމަލުތަކުގެ ރިކޯޑު ސަރުކާރުންގެންދަނީ މިވަގުތު ދިފާއުކުރަމުންނެވެ.

“ސަރުކާރުގެ ވަފުދުގައި އިސްކޮށް ހުންނެވި ހޯމް މިނިސްޓަރަކީ ޔަހޫދީންނާއި ނަސޯރާއިންނާ ދެކޮޅަށް ދީނީ ނަފުރަތުއުފެއްދުމަށް ހިތްވަރުދޭ ލުއިފޮތެއް ޝާއިއުކުރައްވާފައިވާ އަދި

ރައީސް ނަޝީދު މުޅި އެމަނިކުފާނުގެ އުމުރުފުޅަށް ޖަލުގައި ހޭދަކުރައްވާނޭ ބޭފުޅެއްކަމުގައި ހައްދަވާނޭކަމުގެ ވައުދުވެވަޑައިގެން އަދި މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލައްވާ ބޭފުޅެކެވެ. މިފަދަ ބޭފުޅެއް ސަރުކާރު ދިފާއުކުރުމަށް ޖެނީވާއަށް ފޮނުވުމުން ރަމްޒުކޮށްދެނީ ވަހީދު ސަރުކަރުން އިންސާނީ ހައްގުތަކަށް ދޭ އަހަންމިއްޔަތާއި ކުރާ ގަދަރު އެއްވެސްވަރަކަށް ނެތް މިންވަރު،” ކަމަށް ހާމިދު ދެކިވަޑައިގަންނަވައެވެ.

ވަހީދު ސަރުކާރާ އިދިކޮޅަށް ރައީސް ނަޝީދުގެ ސަރުކާރުގެ އިންސާނީ ހައްގުތަކާބެހޭ ރިކޯޑަކީ ޕޮޒިޓިވް ރެކޯޑެއްކަން ހާމިދު ފާހަގަކުރައްވައެވެ.

“2006 ގައި ދިވެހިރާއްޖެއިން އެމުއާހަދާއަށް އަމަލުކުރާން ފެށުމާއި ފެބްރުއަރީ މަހުގެ ބަޣާވާތާ ދެމެދު ބައިނަލްއަގުވާމީ މުއާހަދާތަކުގައި ފަށާފައިވާ ހައްގުތައް ތަންފީޒުކުރުމުގައި ގިނަގުނަ ކުރިއެރުންތައް ހޯދާފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަދި، ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްތަކައި ނިއަތްގަނެ، އެކަމުގެ އަމަލީ މަސައްކަތުގައި ދެމިއޮތުމަށް އަޒުމްކަނޑައަޅާއޮތް ގައުމެއްގެގޮތުގައި ބައިނަލްއަގުވާމީ ދުނިޔެ ދެނެގެންފައިވެއެވެ.”

“2009 ވަނައަހަރު އާއި 2010 ވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުތަކުން ދިވެހިރާއްޖެ މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސްފައިވާއިރު، މިއަދު ނޫސްވެރިންނަށް ހަމަލާދީ ހައްޔަރުކޮށް، އިދިކޮޅު މީޑިއާއިން މުޅި ރާއްޖެއަށް ހަބަރު ފޯރުކޮށްދިނުމުގެ މަގު ހަނިކޮށް، އެމަސައްކަތަށް ހުރަސްއަޅާފައިވެއެވެ.

“ކުރީސަރުކާރުގައި ފުލުހުންނާއި ކަމާބެހޭފަރާތްތަކުން އެއްވެއުޅުމުގެ މިނިވަންކަމަށް އިހްތިރާމްކުރި ހިނދު، މިއަދު އެފަރާތްތަކުން އެކަންކަމަށް ފުރުސަތު ނުދިނުމަށް މަސައްކަތްކުރުމުގައި އިހްތިޖާޖީންނާ މެދު އަނިޔާވެރިވެ، ގޯނާކޮށް، އާންމުގޮތެއްގައި ފެންހޮޅިއާއި، މުގުރާއި ރަބަރު އުންޑައިން ހަމަލާކުރިމަތިކުރުވައެވެ. މިދިޔަ ހަތަރުއަހަރުގެ ތެރޭގައި ޖަލުތަކުގައި އަނިޔާކުރުމުގެ މައްސަލައިގެ ތުހުމަތު އުފުލިފައިނުވާހިނދު، މިއަދު އިވެމުންމިދަނީ ލާއިންސާނީ، ދަށުދަރަޖައިގެ އަނިޔާވެރި އަމަލުތަކުގެ ތުހުމަތުތައް” ކަމުގައި ހާމިދު ވިދާޅުވެއެވެ.

“އެންމެ ފާހަގަކޮށްލެވޭގޮތުގައި ރައީސް ވަހީދު އެގެންދަވަނީ އެންމެ އަސާސީ ޑިމޮކްރެޓިކް ހައްގުތައް މުގުރަމުންނެވެ. އިންތިހާބެއް ބޭވުމާދެކޮޅު ހެއްދެވުމުގެ އަމަލުން ވަހީދު އެ ހިލާފްވެވަޑައިގަންނަވައި، މުގުރުއްވަނީ އެބައިމީހުންގެ އަމިއްލަ ސަރުކާރު އެބައިމީހުން އަމިއްލައަށް އިހްތިޔާރުކުރުމަށާއި އިންތިހާބުކުރުމަށް ދިވެހިރައްޔިތުން ކުރި މިންނަތް ބުރަ މަސައްކަތުން ހޯދި ހައްގެވެ. ވަހީދު އަމިއްލަފުޅަށް އޮޅުވާލައްވައިގެން އަވާމެންދުރެއްގެ ތެރޭގައި އެހުންނެވީ އޭނާގެ އޮތީ ޑިމޮކްރެޓިކް މޭންޑޭޓެއްކަމަށް ކަނޑައަޅުއްވައެވެ. ވަހީދުގެ ސަރުކާރުން މިވަގުތު މަސައްކަތްކުރަމުން މިގެންދަނީ ދިރިހުރުމުގެ ހައްގު ނިގުޅައިގަތުމަށް – އަޅުގަނޑުމެންގެ މެދުގައި ޒަމާނުއްސުރެ އޮންނަ މަރުގެ ހުކުން ތަންފީޒުނުކުރުމުގެ ނިޔާ އަނބުރާލުމަށެވެ.”