އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (3)

ޖޫން 12 ވަނަ ދުވަހުގެ ރޭ ދިވެހިރައްޔިތުން ކުރިއަށް ގެންދިއަ ސުލްހަވެރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، ގާނޫނުނު އަސާސީގެ 27 ވަނަމާއްދާއިން ރައްޔިތުންނަށް ލިބިދޭ ހައްގާއި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މ.އ ޔޫރޭކާ މުހަންމަދު ވަހީދު ހަސަންމަނިކުގެ ބައާވާތުގެ ސަރުކާރާއި ފުލުހުން ގުޅިގެން ކުރަމުންގެންދާ މަސަތްކަތާއި އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ބައިނަލް އަގުވާމީ މުއާހަދާތަކާއި ހިލާފަށް ރަބަރުވަޒަނުން އާންމުރައްޔިތުންނަށް ރޭގެ ވަގުތެއްގައި ހަމާލާދީ 2 ޒުވާނަކު ޒަހަމްކޮއްލައި، ނޫސްވެރިންނަށް ހަމަލާދީ ތަކުރާރުކޮށް ހިންގަމުންދާ ޢައިރު ގާނޫނީއަމަލުތައް ހަރުކަށި އިބާރާތުންކުއްވެރި ކުރަމެވެ. އަދި މިފަދައިން ކަން ހިންގުމަށްފަހު މައްސަލަ ފޮރުވާ އޮއްބާލައި، އާންމުރައްޔިތުންނަށް ކަމުގެ ހަގީގަތްއޮޅުވާލަން ހޯމްމިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާއިން ނޫސްބަޔާން ނެރެމުންދާކަން ވެސް ފާހަގަކުރެވެއެވެ.

ގާނޫނުއަސާސީ ގެ 18ވަނަ މާއްދާގައި ބަޔާންކޮއްފައިވާ ފަދައިން ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ މުޅިދައުލަތުގެ ވާޖިބަކަށްވީހިނދު، 3 ބާރުވަކިވެފައިވާ ނިޒާމެއްގައި ހުރިހާބާރަކީ ސަރުކާރާ ފުލުންހުން ކަމަށް ދޭހަވާގޮތަށް ބަޔާނެރުމަކީ މުޅި ގާނޫނީދައުލަތުގެ ބާރު ކަނޑުވާލުންކަމަށް ވީހިނދު، މިކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މިފަދަ ސަރުކާރުގެ ބަޔާންތަކާއި އިއުލާންތަކަށް ކިޔަމަން ނުވުމަށް ރައްޔިތުންނަށް ގޮވާލަމެވެ.

އަދި މީ ގެ އިތުރުން ރޭ ގައި ހިނގާދިއަ ހާދިސާ ގައި މަތި ޖެހުމަށް ދައުލަތު މުދަލުގައި ރޯކޮށް ފެބުރުއަރީ 7ގައި ފުލުހުން ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހާ ހިންގިފަދަކަންކަން ނުހިންގުމަށް ތަކުރާރުކޮށް ގޮވާލަމެވެ. މަސްތުވާތަކެތި ބޭނުންކޮއްގެންތިބެ ސުލްހަވެރި މުޒާހަރާތަށް ރޫޅާލަން ވަންނަ ފުލުހުންގެ ޓެސްޓުތައް ވަކިމިނިވަންފަރާތެއް މެދުވެރިކޮށްގެން ހެދުމާއި ދޭތެރޭ ވިސްނުމަށްވެސް ޕޮލިސްއިންޓަގްރިޓީ ކޮމިޝަނަށް ގޮވާލަމެވެ.
12 ޖުލައި 2012

ބަޔާން ނެރުނީ : މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު
:ތިނަދޫ ދާއިރާގެ މެނަބަރު މުހައްމަދު ޤަސަމް
:ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު
:ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
:މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިޤު
:މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު