އެމްޑީޕީގެ ސީދާ ހަރަކާތް ކަވަރުކުރަމުން ދިޔަ ނޫސްވެރިއަކަށް އަނިޔާވެފައިވާތީ އެކަމާ އެމްޑީޕީން ކަންބޮޑުވޭ – އިންތި
މުރުޝިދު (ވ) އިންތިއާ އެކު ނޫސް ކޮންފަރެންސެއްގައި - އެމްޑީޕީ ފައިލް ފޮޓޯ

މުރުޝިދު (ވ) އިންތިއާ އެކު ނޫސް ކޮންފަރެންސެއްގައި – އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީގެ ސީދާ ހަރަކާތް ކަވަރުކުރަމުން ދަނިކޮށް މިރޭ އިރާކޮޅު ސަންއޮންލައިންގެ ނޫސް ވެރިޔާ މުރުޝީދު އަބްދުލް ހަކީމަށް އަނިޔާވެފައިވާތީ އެކަމާ އެމްޑިޕީން ކަންބޮޑުވާ ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

މި ކަމާ ބެހޭ ގޮތުން އިންތި “އެމްޑީޕީ ވެބްސައިޓަށް”، ވިދާޅުވީ އެއްވެސް ނޫސްވެރިއަކަށް ވެސް ފުލުހަކަށް ވެސް، އަދި އާންމު ރައްޔިތަކަށް ވެސް އަނިޔާއެއް ވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެމްޑީޕީގެ ސީދާ ހަރަކާތް ހިނގަމުން ދަނިކޮށް އެއްޗަކުން ޖެހި މުރުޝިދުގެ ބޯފަޅައިގެން ގޮސްފައިވާތީ އެކަމާ އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.

މުރުޝިދުގެ ބޮލުގައި އެއްޗަކުންޖެހި ބޯ ފަޅައިގެން ގޮސްފައިވީ ނަމަވެސް އޭނާއަށް މާ ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.